ޢާންމު މަޢުލޫމާތު
ނަންބަރު: Gs-163/2019/03
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 14 އޭޕްރިލް 2019 00:00
ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ގޭޓްހެދުން

            މިސްކޫލުން ދޭ ނަމޫނާއަކާއި އެއްގޮތަށް ސްކޫލުގެ ދެގޭޓް ހެދުމަށް ބޭނުންވެއެވެ.

          ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހު 13:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

         މިމަސައްކަތަށް އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ.

             28 ރަޖަބު 1440

             04 އޭޕްރިލް 2019

       

04 އޭޕްރިލް 2019