ޢާންމު މަޢުލޫމާތު
ނަންބަރު: Gs-163/2019/04
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 14 އޭޕްރިލް 2019 00:00
ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
މުއައްޒަފުންގެ ފާޚާނާއެއް ހެދުން

މުއައްޒަފުންގެ ފާޚާނާއެއް ހެދުން

           މުއައްޒަފުންގެ ފާޚާނާ އެއް ހެދުމަށް 28 މާރިޗް 2019 ގައި ކުރިއިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީވެ އެއިޢުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.  

          ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހު 13:30 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިމަސައްކަތަށް އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

             މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ.

             28 ރަޖަބު 1440

             04 އޭޕްރިލް 2019

04 އޭޕްރިލް 2019