މަސައްކަތް
ނަންބަރު: (IUL)333/333/2019/6
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 17 އޭޕްރިލް 2019 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއަހަރު ރަމަޟާންމަހު ތަރާވީޙް ނަމާދުކުރުމަށް ގެންނަ ދެހާފިޒުންނަށް ކާންދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިއަހަރު ރަމަޟާންމަހު ތަރާވީޙް ނަމާދުކުރުމަށް ގެންނަ ދެހާފިޒުންނަށް ކާންދޭނެ ފަރާތެއް ހޯދުން

 

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ހިފްޒުކޮށް ތަރާވީޙްނަމާދު ކުރުމަށް ޙާފިޒުން މިރަށަށް ގެންނަމުންދިއުމާއިއެކު، މިއަހަރުވެސް މިރަށަށް ދެހާފިޒުން ގެންނަގޮތަށް ހަމަޖެހިފައިވާތީ، އެބޭފުޅުންނަށް ކާންދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2019 އެޕްރީލް 11ވާ ބުރާސްފަތި ދުވަހުގެ 13:00އަށް   މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،2019 އެޕްރީލް 17ވާ ބުދަ ދުވަހުގެ 13:00އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. އަދި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން އެކްލަބެއްގެ ނުވަތަ ޖަމްޢިއްޔާއެއްގެ ރަޖިސްޓްރީގެ ކޮޕީއެއް ޕްރޮޕޯސަލްއާއިއެކު ހުށައަޅުއްވަންވާނެއެވެ.

02 އޭޕްރިލް 2019