ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-13-AC/GS-13/2019/10
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 15 އޭޕްރިލް 2019 14:00
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރިންޓަރ

`

 

 

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

   ފުވައްމުލައް، ދިވެހިރާއްޖެ 

 

                                                ނަންބަރ: (IUL)GS-13-AC/GS-13/2019/10                                                                           

އިޢުލާނު

މަޤާމް:

ޕްރިންޓަރ

މަޤާމުގެ ނަންބަރު:

J-249589

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު / ޏ. ފުވައްމުލައް

މުސާރަ:

-/3875 ރ

ސަރވިސް އެލެވަންސް:

-/1000 ރ

ސަޕޯޓިންގ ކޯ އެލަވަންސް -1: 

-/1200 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރިންޓް ކުރަންޖެހޭ ތަކެތި ޕްރިންޓްކުރުން
  2. ޕްރިންޓް ކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން
  3. ޕްރިންޓް ކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސަރވިސްކުރުވައި ބެލެހެއްޓުން
  4. ޕްރިންޓް ކުރުމަށް ބޭނުންވާ ކަރުދާސް ދެލިފަދަ ތަކެތި ދުރާލާ ހޯދުން
  5. ކޮންމެ ދުވަހެއްގެ ހެނދުނު 10 ގެ ކުރިން ބަހައްޓާފައި ހުންނަ ތަކެތި ޕްރިންޓކޮށް އަނެއްދުވަހުގެ ސެޝަން ފެޝެންވާއިރަށް ހަވަލުކުރަންޖެހޭ ފަރާތާއި ޙަވާލުކުރުން.
  6. ތައްޔާރުކުރަންޖެހޭ ސްލިޕް ތައްޔާރުކޮށް ކަފާފަ ލީޑިންގ ޓީޗަރުންނާއި ޙަވާލުކުރުން.
  7. ޕްރިންޓްރޫމް ސާފުކުރުވާ ތަރުތީބުކޮށް ބެލެހެއްޓުން
  8. ހަވާލުކުރެވޭ ތަކެތި ލެމިނޭޓްކުރުމާއި ބައިންޑްކުރުން
  9. މަސައްކަތު މީހުންލައްވައި ކުރުވަންޖެހޭ މަސައްކަތްތައް މެއިންޓަނަންސް އޮފިސަރާއި މަޝްވަރާކޮށްގެން ކުރަމުންގެންދިޔުން.
    1. ސްކޫލުގައި ހިންގޭ އިތުރު ޙަރަކާތްތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
    2. އޮފީހަކީ ސްކޫލުގެ މޫނުމަތި ކަމަށްވާތީ ބޭނުންތަކުގައި އޮފީހަށް އަންނަފަރާތްތަކާއި މުޢާމަލާތު ކުރުމުގައި އޮފީހާއި ސްކޫލުގެ ޙުރުމަތް ނުގެއްލޭގޮތަށް ޢަމަލުތައް ބެހެއްޓުމާއި  ވެވެން އޮތްސިފައެއްގައި އެފަދަ ފަރާތްތަކަށް އެހީތެރިވެދިނުން.   
    3. ދަރިވަރުންނާއި މުދައްރިސުންނާއި ގުޅޭކަންތައްތަކަށް ޚާއްޞަ ސަމަލުކަމެއްދީ އެހީތެރިވެދިނުން.    
    4. އެހެންމީހުންގެ ލޯތްބާއި އިޙުތިރާމްލިބޭފަދަ ތަނަކަށް އޮފީސް ހެދުމަށްޓަކައި މަސައްކަތްކުރުން.    
  1. ކިޔަވައި ދިނުމާ ގުޅުން ހުރި ކަންތައްތަކުގައި އެހީތެރިވެދިނުން
  2. ސެކްޝަންގެ ނުވަތަ އެހެން ސެކްޝަންގެ މުވައްޒަފަކު ޗުއްޓީ ނަގާނަމަ، އެ މުވައްޒަފަކު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނިކުންނަންދެން ، އެމުވައްޒަފު ކުރަމުންދާ މަސައްކަތް ކުރުން
  3. ސެކްޝަންގައި މަސައްކަތްކުރާ މުވައްޒަފަކު ޙާޟިރުނުވާ ދުވަހެއްގައި އެމުވައްޒަފަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ، ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަމެއް އިސްވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.
  4. ސްކޫލްގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް އެ މުވައްޒަފެއްގެ ހައިޘިއްޔަތުން ކުރެވެންއޮތް ހުރިހާ ކަމެއްކޮށް، ސްކޫލްވެރިންނާއި އެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުން
  5. ވަޒީފާގެ މަސްއޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން، ވެރިޔަކު ރަސްމީ ކަމެއް ހަވާލުކުރައްވައިފިނަމަ، އެމަސައްކަތެއް ވީއެންމެ ފުރިހަމަޔަށް ކުރުން
  1. މީގެ އިތުރުން ސްކޫލުން އަންގާކަންތައްތައް ބަރާބަރަށް ގަޑިންގަޑިއަށް ފަރުވާތެރިކަމާއި އެކު ކުރަމުންގެންދިޔުން.

މަޤާމުގެ ޝަރުޠުތައް:   

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ގްރޭޑް 7 ނިންމާފައިވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

25

21

26

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

48

48

ޖުމްލަ

185

100

100

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 16 އެޕްރީލް 2019 އާއި 23 އެޕްރީލް 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865002 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

        18 ރަޖަބު 1440

        04 އޭޕްރީލް 2019

 

04 އޭޕްރިލް 2019