ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-13-AC/GS-13/2019/09
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 15 އޭޕްރިލް 2019 14:00
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

`

 

 

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

   ފުވައްމުލައް، ދިވެހިރާއްޖެ 

 

                                                ނަންބަރ: (IUL)GS-13-AC/GS-13/2019/09                                                                           

އިޢުލާނު

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-115287

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު / ޏ. ފުވައްމުލައް

މުސާރަ:

-/3100 ރ

ސަރވިސް އެލެވަންސް:

-/1000 ރ

ސަޕޯޓިންގ ކޯ އެލަވަންސް -1: 

-/1200 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީ ކުރުން.
  2. ޙަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ ކުރަހާފައިވާ ތަކެތި ސާފުކުރުން އަދި ތަށި މުށި ޖަހާފައިވާ ކްލާހެއް ސާފުކުރާނަމަ  ދުވާލަކު  އެއްފަހަރު މޮޕް  އަޅާ  ސާފު ކުރުން
    1. ގޯތިތެރެއާއި މަގުމަތީން ޙަވާލުކުރެވިފައިވާ ސަރަޙައްދުގެ ކުނިނަގާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
    2. ސްކޫލް އޮފީސް، ސްޓާފްރޫމު، އެކަޑަމިކް ސެކްޝަން، ކޮމްޕިއުޓަރ ލެބް، ލައިބްރަރީ އަދި ފާޚާނާ ތެރެއިން ޙަވާލުކުރެވިފައިވާ ތަންތަނާއި އެތަންތާގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުން.
      1. ގޯތިތެރެއަށް ފެންޖަހައި ގަސްތަކަށް ފެންދިނުން.
      2. އެމީހެއްގެ ޑިއުޓީގައި އޮފީހާއި ސްޓާފްރޫމްގައި ފެންލާންޖެހޭ ކޫލަރުތައް ބޯފެން އަޅާފައި ބެހެއްޓުން.
      3. ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެންނެވެ.
        1. އެމީހެއްގެ ޑިއުޓީގައި ސެޝަން ނިމުން ދިދަތިރިކޮށް ރައްކާކުރުން.
        2. ޙަވާލުކުރެވިފައިވާ ކުލާސްތަކާއި އެހެނިހެން ތަންތާގެ ދޮރުތަކާއި ، ދޮރުފަތްތަކާއި ބިއްލޫރިތަކާއި ފަންކާތައް ސާފުކުރުން. އަދި ފެންފޮތި ލައި ސާފްކުރަންޖެހޭ ތަންތަން އެގޮތަށް ސާފުކުރުން. ބިއްލޫރި ސާފުކުރަންވާނީ ސާފުކުރަން ބޭނުން ކުރާ ކެމިކަލް ބޭނުން ކޮށްގެންނެވެ.
        3. ޙަވާލުކުރެވިފައިވާ ކުލާސްތަކުގެ ޑެސްކުތައް ޗެކްކޮށް މަރާމާތަށް ބޭނުންވާ ތަކެތި ފައިސާއާ ބެހޭ ވެރިއަކަށް އެކަމުގެ މަޢުލޫމާތު ދިނުން
        4. ޑިއުޓީގައި ސްޕަވައިޒަރުން އަންގަވާ ކަންތައް ކުރުން.
        5. ރަސްމީ ގަޑިތައް ފިޔަވާ ސްކޫލުގައި ހިންގާ އެހެނިހެން ކަންކަމުގައި އަނގައިފިނަމަ ކަނޑައެޅިފައިވާ ގަޑިތަކަށް ޙާޟިރުވުން.
        6. ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮ ގޮތުގައި ބޭނުން ކުރެއްވުމާއި އެތަކެއްޗަށް ގެއްލުމެއް ނުދީ ބެލެހެއްޓުން.
        7. ޒަރޫރީ ބޭނުމެއް ދިމާވެގެން ބޭރަށް ދުރުވާން ޖެހިއްޖެ ޙާލަތެއްގައި ޙަވާލުވެ ހުންނަވާ  އެޑްމިނިސްޓްރޭޓިވް އޮފިސަރު މެދުވެރިކޮށް އިސްވެރިޔާއަށް ދެންނެވުމަށްފަހު ހުއްދަ ހޯދައި ބޭރަށް ދުރުވާ ފޮތުގައި ބޭރަށް ދުރުވާ ސަބަބު ބަޔާންކުރައްވައި ލިޔުއްވައި ސޮއިކުރެއްވުމަށްފަހު ނޫނީ ބޭރަށް ނުދުރުވުން.
        8. ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުން އަދި ޙަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާއި ބެހޭ މައުލޫމާތު އޮފީހަށް ދިނުން.
        9. ހޯލް އެތުރުމަކީ ސަޕޯޓް ސްޓާފުން ކުރަންޖެހޭ ކަމަކަށް ވާތީ ހޯލް އެތުރުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
        10. މަސައްކަތު މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަޑައެޅިފައިވާ އުޞޫލުން ކުރުން.
        11. ސްކޫލުގެ މަސައްކަތަށް ނުކުންނަން ޖެހޭ ދުވަސްތަކުގައި ސްކޫލު ފިޔަވައި އެހެންތަނަކުން އިންތިޒާމްކުރާ ޙަރަކާތެއްގައި ބައިވެރިވެ ޙަރަކާތްތެރިވާން ތިޔަ މުވައްޒަފަށް ދެންނެވިއްޖެނަމަ، އެފަރާތަކުން ސްކޫލަށް އެކަން ރަސްމީގޮތުން ދަންނަވައި ހުއްދަ ހޯދުމުން ނޫނީ އެފަދަ ޙަރަކާތްތަކުގައި ބައިވެރިނުވުން.

 

  1. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠުތައް:   

  1. ލިޔަންކިޔަން އެގުން.

 

ނޯޓު: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

25

21

26

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

48

48

ޖުމްލަ

185

100

100

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 16 އެޕްރީލް 2019 އާއި 23 އެޕްރީލް 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865002 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

        28 ރަޖަބު 1440

        04 އޭޕްރީލް 2019

 

04 އޭޕްރިލް 2019