ދިވެހިރާއްޖެ
ލަންދޫސްކޫލް
ނ.ލަންދޫ, ދިވެހިރާއްޖެ
ނަންބަރު: GS-119/2019/07
އިޢުލާނު
މަޤާމް: އެސިސްޓެންޓް ލައިބްރޭރިއަން
މަޤާމްގެ ނަމްބަރ: J-306444
މަޤާމްގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް: 1
ސަރވިސް: ޖެނެރަލް ސަރވިސް
މަޤާމްގެ ރޭންކް: ޖީ.އެސް.3
ވަޒީފާ އަދާކުރަންޖެހޭ އޮފީސް: ލަންދޫ ސްކޫލް / ނ.ލަންދޫ
އޮގަނައިޒޭޝަން ޔުނިޓް: އެޑްމިނިސްޓްރޭޝަން ސެކްޝަން
މަޤާމްގެ ގިންތި: ދާއިމީ
ބޭނުންވާ އަދަދު: 1
މުސާރަ: 4465.00 ރ.
ސަރވިސް އެލަވަންސް: 1500.00ރ
ސަޕޯޓިންގ ކޯ އެލަވަންސް: 700.00 ރ
މަޤާމުގެ ޝަރުޠު:
މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
ޤާނޫނާއި ޤަވާއިދާއެއްގޮތައް ތިމާގެ ޤާބިލްކަން ތަންދޭ އެންމެފުރިހަމަޔަކަށް ލައިބްރަރީގެ އިސް ސްޓާފެއްގެގޮތުންކުރަންޖެހޭއެންމެހާކަންކަން (ސްކޫލުގެ އިސްވެރިޔާގެ ލަފަޔާއި މަސްވަރާގެމަތިން) ކޮށް ބެލެހެއްޓުމަށްޓަކައި:
- ލައިބްރަރީގެ ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
- ލައިބުރަރީ އިން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތް ދޫކުރުން
- ހަލާކުވާ ފޮތްތައް ހެއްދުން
- ލައިބުރަރީގައި ފޮތްތައް އަތުރަށްޖެހޭގޮތަށް އަތުރާ ތަރިތީބުން ބެހެއްޓުން
- ލައިބުރަރީގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން
- ލައިބުރަރީއަށް ހޯދާ ފޮތްތަކާއި ލިބޭ ފޮތްތައް ކަމާއިބެހޭ ފާރާތްތަކަށް ފޮނުވައިގެން ފާސްކުރުން
- ފޮތްކިޔުމަށް ދަރިވަރުން ޝައުގުވެރިކުރުމަށް މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން
- ލައިބްރަރީއަށް ދަރިވަރުން ޝައުޤުވެރި ކުރުވުމަށް ތަން އިންތިޒާމުކުރުން.
- ލައިބްރަރީ ހުޅުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެކަން ބެލެހެއްޓުން.
- ކިޔަވައިދިނުމާ ގުޅުންހުރިކަންތައްތަކުގައި އެހީތެރިވެދިނުން
- ލައިބްރަރީގެ މެންބަރޝިޕް ކާޑު ތައްޔާރުކޮށް ދޫކުރުމުގެ މަސައްކަތާއި، ލައިބްރަރީގެ މެންބަރުން ގެންދާ ފޮތްތައް ދުވަހަށް ގެނައިތޯ ބަލައި ނުގެންނަ ފަރާތްތަކާމެދު ލައިބްރަރީގެ ޤަވާޢިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުން.
- ލައިބްރަރީއަށް ބޭނުންވާ ޓްރޭނިންގ / ކޯސް އަދި ސޮފްޓްވެއަރ ތަރައްޤީކުރުމާއި ސޮފްޓްވެއަރއަށް ފޮތްތައް އެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
- ލައިބްރަރީގެ ފޮތްތައް ކްލެސިފައިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
- ލައިބްރަރީން ދެވޭ ޚިދުމަތަށް ފައިސާ ބަލައިގަތުމާއި ކޭޝް ރިޕޯޓް ހެދުމަށްފަހު ބަޖެޓް ޔުނިޓާ ޙަވާލުކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ސިވިލްސަރވީސްގެ ވަޒީފާއަށްއެދޭފޯމު (މިފޯމް ސިވިލްސަރވީސް ކޮމިޝަނުގެ ވެބުސައިޓު (www.csc.gov.mv) އިންނާއި މިސްކޫލުގެ ވެބުސައިޓު (www.landhooschool.com) އިން ޑައުންލޯޑްކޮށްގެނާއި މިސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) މަތީތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓުފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުއަށްސަސާއެއްގައި ނުވަތަ ސަރުކާރު ހިތްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެމުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ ޢަދަދުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސްޗެކްފޯމް.
މަޤާމަށްއެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14/4/2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ލަންދޫ ސްކޫލް ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: ([email protected]) މެދުވެރިކޮށްވެސް އަދި ފެކްސް: (6560617) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑިހަމަވުމުގެކުރިން ސަރުކާރު އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭފޯމް ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (15/4/2019 ) އާއި (18/4/2019) އާ ދެމެދު، ލަންދޫސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6560576) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، (6560617) އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.