މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2019/45
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި:
17 އޭޕްރިލް 2019 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގއ.މާމެންދޫ ބަނދަރު ސަރަޙައްދުގައި ގައު ޖެހުމާއި ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ގއ.މާމެންދޫ ބަނދަރު ސަރަޙައްދުގައި ގައު ޖެހުމާއި ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 އެޕްރީލް 08 ވާ ހޯމަ ދުވަހުގެ 11:00އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމަށް 2019 އެޕްރީލް 17 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މި މިނިސްޓްރީއިންދޭ މަޢުލޫމާތު ކަރުދާހުގައި ވާގޮތަށް ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ.
- މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
03 އޭޕްރިލް 2019