ވަޒީފާގެ ފުރުޞަތު
ނަންބަރު: GS22/2019/025
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 10 އޭޕްރިލް 2019 14:00
ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން ހޯދުމަށް

މަޤާމު:                ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމް ނަމްބަރ:         J-129737

ބޭނުންވާ އަދަދު:          01

މަޤާމުގެ ގިންތި:         ކޮންޓްރެކްޓް

މުއްދަތު:               03 މަސް ދުވަސް

މަޤާމުގެ ރޭންކް:         އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:   ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:             އެޑްމިން ސެކްޝަން

މަޤާމް އޮތް އޮފީސް:              ޅ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަން ޖެހޭ ތަން: ޅ. އަތޮޅު ތަޢުލީމީ މަރުކަޒު / ޅ. ހިންނަވަރު

މުސާރަ:               -/5610 ރުފިޔާ

ސަރވިސް އެލެވަންސް:     -/2000 ރުފިޔާ 

އިތުރު ޢިނާޔަތްތައް:        އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑްކުރުމުގައި މީޑިއާ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ސްކޫލްގެ ވެބްސައިޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން.
  3. ޑޭޓާބޭސް އަދި އިންޓްރަރ ނެޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން.
  4. ކޮމްޕިއުޓަރ ޕްރޮގްރާމްކޮށް މެއިންޓެއިން ކުރުން.
  5. ސޮފްޓްވެއަރ މެއިންޓެއިން ކުރުން.
  6. ސްކޫލްގެ ކޮމްޕިއުޓަރތަކާއި އެއާގުޅޭ އެންމެހައި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  7. ސްކޫލްގައި ކުރާ މުހިންމު މަސައްކަތްތަކުގައި އައި.ޓީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

ނުވަތަ

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

  • ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯރމް، ) ވަޒީފާއަށް އެދޭފޯމު މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mvww ޑައުންލޯޑް ކުރެވޭނެއެވެ.(
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ސިވިލް ސާވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސްޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޯކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގް އިންޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

)ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބާޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް. 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • ·         ވަޒީފާއަށް އެދޭ ފޯމް ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.އީ-މެއިލް އެޑްރަހަކީ: [email protected] އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

  1. މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 11 އޭޕްރީލް 2019 އާއި 17 އޭޕްރީލް 2019 އާއި ދެމެދު ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެއެވެ. އަދި އިންޓަވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓްފިކެޓްތަކާއި ލިޔުންތައް އަސްލު ގެންނަވަންވާނެއެވެ. ވުމާއެކު، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
  2. މިޢިއުލާން ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސަވައިދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިމަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  • %30

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލްގެ ނަންބަރު: 6620010 އާ ގުޅުއްވުން އެދެމެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 

03 އޭޕްރިލް 2019