ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-68-ADM/GS-68/2019/14
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 12 އޭޕްރިލް 2019 14:00
އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ ފަންޑް ރައިޒިންގ ޕްރޮގްރާމާއި ގުޅޭ

ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ ފަންޑް ރައިޒިންގ ޕްރޮގްރާމާއި ގުޅޭ

 

މިއަހަރަކީ މި ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް އަހަރެެވެ. އެހެންކަމުން މި މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް މިވަނީ ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރޭވިފައެވެ. މިއީ މުޅި ރަށަށް ޚާއްސަވާ ކަމެއްކަމަށްވާތީ، ރަށުގެ ހުރިހާ ދާއިރާތަކެއް ގުޅިގެން މިގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަންޔޫބީލް ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ފަންޑުރައިޒިން ޕްރޮގްރާމުގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކުގެ އެއްދުވަހުގެ މުސާރަ ހަދިޔާ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މި ޙަރަކާތުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ އެކައުންޓް ނަންބަރަށް ފައިސާ ޖަމާކުރެއްވޭނެކަމުގައި ދަންނަވަމެވެ. އެގޮތުން ފައިސާ ޖަމާކޮށްދެއްވައިފިނަމަ، ސްކޫލުގެ ޕްރިންސިޕަލް ޙަސަން ޔޫސުފް ( މޯބައިލް ނަންބަރ : 9922611 ) އަށް އޭގެސްލިޕް ފޮނުވައިދެއްވުން އެދެމެވެ. ފައިސާ ހަދިޔާ ކުރެއްވުމުގެ އެންމެ ފަހު ތާރީޚަކީ 2019 އޭޕްރީލް 12 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ކަމުގައި ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ރަސްމީ ގަޑީގައި ސްކޫލުގެ އޮފީހުންވެސް ފައިސާ ބަލައިގަންނަވަމުން ގެންދާނެވާހަކަ ދަންނަވަމެވެ.

އަލިފުށީ ސްކޫލު ފަންޑު އެކައުންޓް ނަންބަރ: 7717330427101                                 

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ މި ސްކޫލުގެ ލީޑިންގ ޓީޗަރ ޙަސަން މަނިކު ( މޯބައިލް ނަންބަރ 9151413 ) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ސްކޫލުން ހިންގޭ މިފަދަ ކޮންމެ ޙަރަކާތެއްގައި އެކިފަރާތްތަކުން ދެއްވަމުންދާ ގެންދަވާ އެއްބާރުލެއްވުމަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

03 އޭޕްރިލް 2019