ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2019/16
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 11 އޭޕްރިލް 2019 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ސެކްޝަން:

ފައިނޭންސް އެންޑް ބަޖެޓް ޕްލޭނިންގ ސެކްޝަން

މަޤާމުގެ ނަންބަރު:

J-280434

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޮލިޓެކްނިކް

މުސާރަ:

 5020 ރުފިޔާ

ސަރވިސް އެލަވަންސް:

ރުފިޔާ 1500

އެހެނިހެން އެލަވަންސް:

1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4-  ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/700

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މޯލްޑިވްސް ޕޮލިޓެކްނިކުގެ ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ކަމާގުޅޭ ޑިޕާޓްމަންޓް/ ސެކްޝަން/ ޔުނިޓުތަކުން ހޯދުމަށްފަހު، މޯލްޑިވްސް ޕޮލިޓެކްނިކުގެ ބަޖެޓް ތައްޔާރުކުރުކޮށް މިނިސްޓްރީން އަންގާ ތާރީޚަކަށް ބަޖެޓް މިނިސްޓްރީއަށް ފޮނުވުން.
  2.  މޯލްޑިވްސް ޕޮލިޓެކްނިކްގެ ބިޒްނަސް އޭރިޔާ ނަންބަރު 1263ގެ ބިލުތަކަށް ފައިސާ ދެއްކުމަށްޓަކައި ޕޭމަންޓް ވައުޗަރ ތައްޔާރުކުރުވައި، ތައްޔާރުކޮށް ނިމޭ ޕޭމަންޓް ވައުޗަތައް މިނިސްޓްރީއަށް ފޮނުވައި، ނިމޭވަރަކުން އަންގަންޖެހޭ ފަރާތްތަކަށް އެކަން އެންގުން.
  3. ފައިސާ ދެއްކުނު ބިލުތަކާއި ނުދެއްކި ހުރި ބިލުތަކުގެ ތަފުސީލު މޮނިޓަރކޮށް ބެލެއްޓުމާއި، އެ މަޢުލޫމާތު ހިއްސާ ކުރަންޖެހޭ ޑިޕާޓްމަންޓް/ ސެކްޝަން/ ޔުނިޓުގެ ވެރިންނާ އެ މަޢުލޫމާތުތައް ހިއްސާކުރުން.
  4. ބަޖެޓުގެ ކޯޑުތަކުގެ ބާކީ ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުމާއި، އެއްކޯޑުން އަނެއް ކޯޑަން ފައިސާ ބަދަލުކުރަންޖެހޭ ހާލަތުގައި އެކަންކޮށް އެ މަޢުލޫމާތުތައް ހިއްސާކުރަންޖެހޭ ވެރިންނާ ހިއްސާކުރުން.
  5. ބަޖެޓަށް ލިބޭ ފައިސާ ބަލައިގަނެ ޕޮލިޓެކްނިކުގެ ބިޒްނަސް އޭރިޔާ ނަންބަރު 1263 އާއި ޓްރަސްޓް ފަންޑްގެ ބިޒްނަސް އޭރިޔާ ނަންބަރު 1263 އަށް ޖަމާކުރަންޖެހޭ ފައިސާ އެ އެކައުންޓަކަށް ޖަމާކުރުން.
  6. ބަޖެޓް ކޮންޓްރޯލް (އުނިކޮށް އިތުރުކުރުމުގައި) ބަޖެޓް ސެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުގެ ލަފާގެމަތިން ކުރުން.
  7. މޯލްޑިވްސް ޕޮލިޓެކްނިކްގެ ބަޖެޓް ރިޕޯޓުތައް މަހުންމަހަށް ތައްޔާރުކޮށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށް ފޮނުވުން.
  8. އަހަރު ނިމުމުން ބަޖެޓް ރިކޮންސިލްކޮށް ބަޖެޓާ ގުޅޭ ހުރިހާ މަސައްކަތެއް ނިންމުން.
  9. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
  10. ބަޖެޓް ސެކްޝަންގެ އިސްވެރިޔާގެ ލަފާގެމަތިން ބަޖެޓްގެ އެންމެހައި ހަރަކާތްތައް ފުރިހަމަކުރުން
  11. އޮފީހުގެ ޑިއުޓީ އަދާކުރުމާއި އޮފީސް ހުޅުވައި ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލައި ޗެކުކުރުން)
  12. އަދާ ކުރާ ވަޒީފާއާ ގުޅޭގޮތުން އިސްވެރިޔާ ޙަވާލުކުރައްވާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

ބިޒްނަސް އެޑްމިނިސްޓްރޭޝަން/ޕަބްލިކް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމީ ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާސިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލްކަން ކަށްވަރުކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސްއިން.

ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާ ތަކެތި ހުށަހަޅާނީ 11 އޭޕްރީލް 2019 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

އިންޓަވިއު /

ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 14 އޭޕްރީލް 2019 އާއި 30 އޭޕްރީލް 2019  އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

  

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305414 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ

03 އޭޕްރިލް 2019