ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)296-A/296/2019/19
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 14 އޭޕްރިލް 2019 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖް މެންޓް ސެންޓަރ އަށް މަސައްކަތު މީހަކު ހޯދުން

މިރަށު ވޭސްޓްމެނޭޖްމެންޓް ސެންޓަރ އަށް މަސައްކަތު މީހަކު ހޯދުމަށް މިއިދާރާއިން ކުރި ނަންބަރ IUL-296A/296/296/11  އިޢުލާން އަށް އެއްވެސް ފަރާތަކުން ސިޓީ ހުށައަޅުއްވާފައި ނުވާތީ އެމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 ބޭނުންވާ އަދަދު: 01 އެކެއް 

މުސާރަ: މަހަކު -/5000ރުފިޔާ (ފަސްހާސް ރުފިޔާ)

އެހެނިހެން:   އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ އިތުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ބަންދު ދުވަހުގެ މަސައްކަތް ކުރައްވާނަމަ މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް -/100ރުފިޔާ ، ބަންދު ދުވަހުގެ ފައިސާ އަދި މަސައްކަތް ކުރާ ގަޑިއަށް އިތުރުގަޑީގެފައިސާ ލިބޭނެއެވެ.

ޕެންޝަން ސްކީމްގައި ބައިވެރި ކުރެވޭނެއެވެ. އަދި ރަމްޟާން އިނާޔަތް -/3000ރުފިޔާ ރަމްޟާން މަހު ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑި : މަސައްކަތް ކުރަން ޖެހޭ ރަސްމީ ދުވަސްތަކަކީ ހޮނިހިރު ން ބުރާސްފަތި އަށް ކޮންމެ ދުވަހަކު ހެނދުނު 6.00ން ހަވީރު 3.00ށް މަސައްކަތުގެ ވަގުތުގައި ކެއުން ބުޔުމަށާއި ނަމާދު ވަގުތަށް 2ގަޑިއިރުގެ ހުސްވަގުތު ކޮޅެއް ލިބޭނެއެވެ. ކައުންސިލުން ކަނޑައަޅާ އުޞޫލާ އެއްގޮތް ވާ ގޮތުގެ މަތީން ހުކުރު އަދި ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ނުކުންނަވަން ޖެހޭނެއެވެ. އެދުވަސް ތަކަށް ކަނޑައެޅިފައިވާ އެލަވަންސް ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު: ޢަރަބި ތާނާ ލިޔަން ކިޔަން އެގުމާއި އެކު މަސައްކަތް ކުރެވޭނެ ފެންވަރެއްގައި ހުރި ފުރިހަމަ ޞިއްޙަތެއް ގައި ހުރި މީހެއް ކަމުގައި ވުމާއި އެކު ޢުމުރުން 65އަހަރުން މަތީގެ މީހެއް ކަމުގައި ނުވުން

ކުރަންޖެހޭ މަސައްކަތް:

  1. ގޭގެއިން ޑަސްޕިން ނެގުމާއި ކުނި ނެގުމާއި ކުނި ނައްތާލުމާއި ކާދު ހެދުމުގެ މަސައްކަތް ކުރުން.
  2. ކާދު ހެދުމުގެ އެންމެހާ މަސައްކަތް ކުރުން.
  3. އެކާލެވޭ ކުނި ވަކިކޮށް ކައުންސިލް އަންގާ ގޮތެއްގެ މަތީން ނައްތާލުމުގެ މަސައްކަތް ކުރުން.
  4. ކުނިކޮށި ސާފުކޮށް ބެލެހެއްޓުން.
  5. ރަށުން ބޭރަށް ފޮނުވަން ޖެހޭ ކުނި ބައިކޮށް ކައުންސިލްއިން އަންގާ ގޮތެއްގެ މަތީން ކުނި އުކާލުން. ނުވަތަ ބޭރު ކުރުމުގެ  މަސައްކަތް ކުރުން
  6. އުކާލެވޭ ތަކެތިން ކައުންސިލްއިން ވިއްކަން ކަނޑައަޅާ ތަކެތި ވިއްކުމުގެ މަސައްކަތް ކުރުން.

ސިޓީ ފޮނުއްވަންވި ސުންގަޑި:14 އޭޕްރީލް 2019ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 1.00ގެ ކުރިން މިއިދާރާއަށެވެ. ފޮނުއްވާ ސިޓީ އުރައިގެ ބޭރުގައި " ކުނިކޮށި މަސައްކަތު މީހަކަށް އެދި " މިހެން ލިޔަންވާނެއެވެ. ސިޓީ އާއި އެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.

            ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

03 އޭޕްރިލް 2019