ދިވެހިރާއްޖެ
ނަމްބަރ GS62/I/2019/06:
އިޢުލާން
މިސްކޫލުގެ އިޢުލާން ނަންބަރ GS62/I/2019/03އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައި ނުވާތީވެ އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލަށް 02 އަހަރުދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރާ ގެއަކީތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައިވާންވާނެއެވެ.
- 01 ކޮޓަރި (އެޓޭޗްޑް ފާޚާނާ) އާއި، ކައްކައި ކައިބޮއި ހަދާނެ ތަނެއް ހުރުން.
- ގޭގައި އެކުލެވިގެންވާ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށިޖަހައި ސީލިންގކޮށްފައިހުރުން.
- ކައްކައި ކައިބޮއި ހަދާ ތަން ފެންވައިރުކޮށް ސިންކުހަރުކޮށް ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއިހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި މޭޒުހުރުން.
- ޞިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 11 އޭޕްރީލް 2019 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޭޕްރީލް 2019 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.