ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)268/2019/9
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 28 އޭޕްރިލް 2019 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
 1440 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާއި ބެހޭ

1440 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް 03 އޭޕްރީލް 2019 އިން ފެށިގެން 28 އޭޕްރީލް 2019 އަށް އެ ފުރުޞަތުވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުޅުވާލާފައެވެ.

 

  ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން

      ތާރީޙް: 03 އޭޕްރީލް 2019 އިން 28 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް

      ގަޑި:  09:00 އިން 13:00 އަށް

         ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން " ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް " ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިޔަށް ދާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި ކައުންސިލް އިދާރާގައެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 އޭޕްރިލް 2019