ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRAD/1/2019/44
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 16:33
ސުންގަޑި: 05 އޭޕްރިލް 2019 16:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ކްރޫ
ބޭނުންވާ އަދަދު :2

މުސާރަ:

-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/4500ރ - -/5500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ފަޅުވެރިންގެ ކޯސް ފުރިހަމަ ކޮށްފައިވުން.

- އުޅަނދު ފަހަރަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

- ޝިފްޓް އުޞޫލުން މަސައްކަތްކުރެވޭނެ މިހަކު ކަމުގައިވުން.

- ޚިދުމަތް ހޯދާފަރާތްތަކަށް އިޙުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- އެއްގަމާއި ކަނޑުމަތީ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހެއް ކަމުގައި ވުން.

- އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

- ފަތަން އިނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކަނޑު އުޅަނދުފަހަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި އުޅަނދު ސާފުތާހިރުކަމާއިއެކު ބެލެހެއްޓުން.

- މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން.

- ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް ކަނޑު އުޅަދުން ދަތުކުރާ މީހުންނަށާއި މުދަލަށް ސަމާލުވެ މަސައްކަތް ކުރުން.

- މަސައްކަތް ކުރަން ހަމަޖެހިފައިވާ އުޅަނދު ދޮވެ ސާފުތާހިރު ކަމާއިއެކު ބެލެހެއްޓުން.

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :2

މުސާރަ:

-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/3000ރ - -/4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

- ބުރަ މަސައްކަތް ކުރެވޭފަދަ ސިއްޚަތު ރަނގަޅު މީހެއް ކަމުގައިވުން.

- އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އޮފީސް އިމާރާތާއި ޓާރމިނަލް ސަރަޙައްދު ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

- އޮފީސް އިމާރާތާއި ޓާރމިނަލް ސަރަހައްދުގެ މެއިންޓަނެންސް މަސައްކަތް ކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

ސަދަން ޓްރާންސްޕޯޓް ލިންކް (ސ.ހުޅުމީދޫ) / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 އެޕްރީލް 05ވާ ހުކުރު ދުވަހުގެ 16:30 ގެ ކުރިން

ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

02 އޭޕްރިލް 2019