ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRAD/1/2019/43
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި: 05 އޭޕްރިލް 2019 16:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު :1

މުސާރަ:

-/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2000ރ - -/3500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

ނުވަތަ

- މިފަދަ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- މާމިގިލި އިންޓަނޭޝަނަލް ޕޯޓްގެ އެންމެހައި އިދާރީ، ޕްރޮކިޔުމަންޓް އަދި ހިއުމަން ރިސޯސްގެ މަސައްކަތްތައް ކުންފުނީގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.

- މި ކުންފުނިން ދެވޭ ޚިދުމަތްތަކަށް މި ކުންފުނިން ޓެރިފްއާއި އެއްގޮތްވާ ގޮތުގެ މަތން ފައިސާ ބަލައި ގަނެ ރަސީދު ދޫކުރުން އަދި ޑެއިލީ ރިޕޯޓް ނިމޭ ދުވަހުގެ ފައިސާ ޖެހިގެން އަންނަ ދުވަހު ބޭންކަށް ޖަމާކުރެވޭގޮތަށް ލިޔުންތައް ނިންމުން.

- ބޯޓު ފުރުވާލުމުގެ ކުރިން ބާލާ ކްލިއަރ ކުރެވޭ މުދާ އަދި ޓެލީ ކުރާ މުދަލަށް އެއްވެސް ގެއްލުމެއް ލިބިފައި ވޭތޯ ޗެކްކުރުން.

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :1

މުސާރަ:

-/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2000ރ - -/3000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

- އުސްތަންތަނަށް އަރާ އެ ތަންތަނުގައި ބުރަ މަސައްކަތް ކުރެވޭނެ ފަދަ ޤާބިލު މީހެއް ކަމުގައިވުން.

- ބޯޓުފަހަރާއި ބަނޑުފަހަރުން މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

- އެއްގަމާއި ކަނޑުމަތީ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހެއް ކަމުގައި ވުން.

- އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

- ފަތަން އިނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ބަނދަރަށް އަންނަ ބޯޓު ފަހަރާއި އުޅަނދުފަހަރުން މުދާ / ކޮންޓައިނަރ އަރުވައި ބޭލުމުގެ އެންމެހައި މަސައްކަތް ކުރުން.

- ބޯޓުފަހަރަށް އަރުވާ އަދި ބާލާ ކޮންޓެއިނަރ އާއި މުދަލުގެ އަންލޭޝިންގ / ލޭޝިންގ ކުރުން.

- މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން.

- ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މުދަލަށް ސަމާލުވެ މަސައްކަތް ކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

މާމިގިލި އިންޓަނޭޝަނަލް ޕޯޓް (އދ.މާމިގިލި) / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 އެޕްރީލް 05ވާ ހުކުރު ދުވަހުގެ 16:30 ގެ ކުރިން

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

02 އޭޕްރިލް 2019