ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2019/158
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:03
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

ނަންބަރު: A)CA-2019/158)

އިޢުލާން

މި ކޮމިޝަންގެ ނަންބަރު A)CA-2019/127، (A)CA-2019/137) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން:

2019 އެޕްރީލު 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ތިރީގައި މިދަންނަވާ ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު އައިސްފައިވާތީ، ވޯޓުފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށިތަކުގެ ކޯޑާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށް އަދި މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

މާލެ،

ގަލޮޅު ބޯޅަދަނޑު، ބަނަފްސާމަގު 4 ނަންބަރު ދޮރޯށިން ވަދެގެން ދާއިރު ކެރަމް ހޯލު

މި ފޮށްޓަށް ވޯޓުލާނީ މަޖީދީމަގާއި އަލިކިލޭގެފާނުމަގާއި ގުޅޭ ނުކުތާއިން، އަލިކިލޭގެފާނުމަގުން ދެކުނަށް، ސަހަރާމަގުން އިރަށް، ނިޔަނދުރުގޯޅިން ދެކުނަށް، ބޮޑުރަސްގެފާނުމަގުން އިރަށް، ޝަބްނަމްމަގުން އުތުރަށް، މުތީގޯޅިން އިރަށް، ނިރޮޅުމަގުން އުތުރަށް، މަޖީދީމަގުން ހުޅަނގަށް، ހަދީބީމަގުން އުތުރަށް، ކަޅުހުރާމަގުން ހުޅަނގަށް، ހުސްނުހީނާމަގުން ދެކުނަށް، މަޖީދީމަގުން ހުޅަނގަށް ގޮސް، އަލިކިލޭގެފާނުމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގަލޮޅުއުތުރު-2

T05.1.2  

166

މާލެ،

އިސްކަންދަރު ސްކޫލް، ޗާންދަނީމަގުގެ 1 ނަންބަރު ގޭޓުން ވަންނައިރު ހޯލުގެ މެދުގައި

މި ފޮށްޓަށް ވޯޓުލާނީ މަޖީދީމަގާއި އަލިކިލޭގެފާނުމަގާއި ގުޅޭ ނުކުތާއިން، އަލިކިލޭގެފާނުމަގުން ދެކުނަށް، ބޮޑުރަސްގެފާނުމަގުން ހުޅަނގަށް، ރަށްދެބައިމަގުން އުތުރަށް، ހެލެބެލިގޯޅިން އިރަށް، ސަބުދެރިޔާމަގުން އުތުރަށް، ސަތަރުގޯޅިން އިރަށް، ފާށަނާކިލޭގެމަގުން އުތުރަށް، މަޖީދީމަގުން އިރަށް ގޮސް، އަލިކިލޭގެފާނުމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގަލޮޅުއުތުރު-3

T05.1.3  

167

މާލެ،

އިސްކަންދަރު ސްކޫލް، ޗާންދަނީމަގުގެ 1 ނަންބަރު ގޭޓުން ވަންނައިރު ހޯލުގެ އިރުމަތީ ކޮޅުގައި

މި ފޮށްޓަށް ވޯޓުލާނީ މަޖީދީމަގާއި އަލިކިލޭގެފާނުމަގާއި ގުޅޭ ނުކުތާއިން، އަލިކިލޭގެފާނުމަގުން އުތުރަށް، ނީލޯފަރުމަގުން ހުޅަނގަށް، ރަށްދެބައިމަގުން ދެކުނަށް، ހެލެބެލިގޯޅިން އިރަށް، ސަބުދެރިޔާމަގުން އުތުރަށް، ސަތަރުގޯޅިން އިރަށް، ފާށަނާކިލޭގެ މަގުން އުތުރަށް، މަޖީދީމަގުން އިރަށް ގޮސް، އަލިކިލޭގެފާނުމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގަލޮޅުއުތުރު-4

T05.1.4  

168

މާލެ، 

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ލިލީމަގުގެ ދޮރޯށިން ވަންނައިރު، އިރުމަތީފަރާތު 5 ނަންބަރު ކްލާސްރޫމް ތެރޭގައި 

 

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ކ. ކާށިދޫ، ކ. ގާފަރު، ކ. ދިއްފުށި، ކ. ތުލުސްދޫ، ކ. ހުރާ، ކ. ހިންމަފުށި، ކ. ގުޅި، ކ. މާފުށި، ކ. ގުރައިދޫމި 9 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ކ. އަތޮޅު، މާލެ-1

H01.0.1  

455

މާލެ،

ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ލިލީމަގުގެ ދޮރޯށިން ވަންނައިރު ހޯލުގެ ދެކުނު ކޮޅުގައި

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި މ. ދިއްގަރ، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލި، މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މ. އަތޮޅު، މާލެ-1

K01.0.1  

459

މާލެ،

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ލިލީމަގުން ވަދެގެންދާއިރު ހޯލުގެ އުތުރުކޮޅުގައި

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި މ. މުލަށް، ނާލާފުށި، ކޮޅުފުށި، މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މ. އަތޮޅު، މާލެ-2

K02.0.1 

460

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

26 ރަޖަބް 1440

02 އޭޕްރިލް 2019