ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)321-A/321/2019/46
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 11 އޭޕްރިލް 2019 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ފައިނޭންސް އޮފިސަރ

މަޤާމް :ފައިނޭންސް އޮފިސަރ
ބޭނުންވާ އަދަދު :1

                         ނަންބަރު:  (IUL)321-A/321/2019/46 

އިޢުލާން

             ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރާނެ މުވައްޒަފަކު މިއިދާރާއަށް ބޭނުންވެއްޖެއެވެ.

 

މަޤާމް:  

މަޤާމް  ނަންބަރު:

ބޭނުންވާ ޢަދަދު:

މަޤާމުގެ ގިންތި:

މަޤާމުގެ ރޭންކް:

 

ފައިނޭންސް އޮފިސަރ

J-305282

 

01

 

ދާއިމީ

އެމް.އެސް 01

 

 މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 01  

 

 ސެކްޝަން:

ކޯޕަރޭޓިވް އެފެއާރޒް ޔުނިޓް

 

 މަޤާމް އޮތް އޮފީސް:

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

 

 ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

 

މަހަކު 5،610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ )

 

 

 

ސަރވިސް އެލެވަންސް:

މަހަކު 2،000.00 (ދެހާސް ރުފިޔާ)

 
 ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު 700.00 (ހަތްސަތޭކަ ރުފިޔާ)

 

 އިތުރު ޢިނާޔަތްތައް:
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

 މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
  1. އޮފީހަށް އެކިގޮތްގޮތުން ލިބޭ ފައިސާއާއި، އެކިފަރާތްތަކުން ދައްކާ ފައިސާ ބަލައިގަނެ، ޤަވާއިދުން ހިސާބު ބެލެހެއްޓުން.
  2. އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާ ޤަވާއިދުން އެފަރާތްތަކާ ހަވާލުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  3. މުވައްޒަފުންގެ މުސާރައާއި، ހަވާލުކުރާ އެހެނިހެން ފައިސާގެ ހިސާބުތައް ޤަވާއިދުން ބަލަހައްޓައި، ރިޕޯޓް ތައްޔާރުކުރުން.
  4. ޖަމާކުރުމަށްޓަކައި ބޭންކަށާއި، އަތޮޅު އޮފީހަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި، ޖަމާކުރެވޭ ފައިސާގެ ހިސާބު ބެލެހެއްޓުން.
  5. ޒަކާތް ބަލައިގަތުމާއި، ޒަކާތުން ހަވާލުކުރަންޖެހޭ ފައިސާއާއި ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުމާއި، ޒަކާތާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  6. ފައިސާގެ ކަންކަމުގައި ބޭންކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  7. މިއިދާރާއަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން، ޤަވާއިދުން ދީފައިވާ މުއްދަތަށް ފައިސާ ނުދައްކަވާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމާއި، އެކަމާއި ގުޅިގެން ފޮނުވަން ޖެހޭ ސިޓީ ފަދަ ތަކެތި ފޮނުވުން
  8. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން.

 

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް: 

ފައިނޭންސް /  އެކައުންޓިންގް

           

 

 މަޤާމުގެ ޝަރުތުތައް:

ފައިނޭންސް / އެކައުންޓިންގް ގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން 

 

 ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

 

 ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް               
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެސެޓްފިކެޓްގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 08 އޭޕްރީލް 2019 ހޯމަ ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ.

 

 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 އޭޕްރީލް 2019 އާއި 30 އޭޕްރީލް 2019 އާއި ދެމެދު ތުޅާދޫ ކައުންސިލްގެ އިދާރާގައެވެ.

 

 ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

 މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

 

 

45% (ސާޅީސްފަސް އިންސައްތަ)

 

 އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ. މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. 

 

                 25   ރަޖަބު  1440   

                  01 އޭޕްރީލް  2019      

01 އޭޕްރިލް 2019