ދިވެހިރާއްޖެ
ރ.މަޑުއްވަރީ މެޖިސްޓްރޭޓު ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެކޯޓަށް 33 ފޫޓު 20 ފޫޓުގެ ބައެއް އިތުރުކުރުމާއި ޕޯޓިކޯއެއް ހެދުމުގެ އިތުރުން ކުރިން ހުރި ޢިމާރާތް އެއްކޮށް ސީލިންގކޮށް މިހާރުތަޅުމުގައިހުރި ތަށިމުށިތައް ނައްޓުވާ އަލުން ތަށިމުށިޖެހުމާއި މިހާރު ވަށައިގެންހުރި ލަކުޑިދޮރުތައް ނައްޓުވާ އަލުން އެލްމެނިއަމް ދޮރު އަޅުވާ ކޯޓު މަރާމާތުކުރަން ބޭނުންވާތީ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމުގެ ޝަވްޤްވެރިކަން ހުރިފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 7 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އުނގޫފާރު މެޖިސްޓްރޭޓު ކޯޓާއި ރ.މަޑުއްވަރީ މެޖިސްޓްރޭޓު ކޯޓުންނެވެ.އަދި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 18 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހު އުނގޫފާރު މެޖިސްޓްރޭޓު ކޯޓާއި ރ.މަޑުއްވަރީ މެޖިސްޓްރޭޓުންނެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.