ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ: 18/2019/331/331(IUL)
އިޢުލާން
ބިދޭސީންގެ ދަފްތަރުކުރުމާއި ބެހޭ:
މިރަށުގައި ދިރިއުޅެމުންދާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ކައުންސިލުން މިދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމަކީ ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް ޙަރަކާތްތެރިވާ ފަރާތްތައް ދެނެގަނެ، އެފަރާތްތައް ޤަވާޢިދުގެ ތެރެއަށް ވައްދައި، ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތީން ރާއްޖޭގައި ޙަރަކާތްތެރި ވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ބޭނުންވެގެން އެއްކުރާ މުހިންމު މަޢުލޫމާތު ތަކެކެވެ. މިކަމުގައި ރަށުގެ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
ވީމާ، ބިދޭސީން ގެންގުޅޭ ފަރާތްތަކުން، އެފަރާތްތަކުން ގެންގުޅޭ ބިދޭސީންގެ މަޢުލޫމާތު 10 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް އަންގަވައި ދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދެއްވުމަށް ވަޑައިގަންނަވާއިރު ވިސާ ކާޑުގެ ކޮޕީއަކާއި ޕާސްޕޯޓްގެ ކޮޕީއަކާއި ޒިންމާވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.