ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MNMC/23/2019/101
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 01 ޖުލައި 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑީވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ޤަބޫލްކުރާ ނާރސިންގ އެންޓްރަންސް ކްރައިޓީރިއާއި ގުޅޭ

އިޢުލާން

މޯލްޑީވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ޤަބޫލްކުރާ ނާރސިންގ އެންޓްރަންސް ކްރައިޓީރިއާއި ގުޅޭ

 

                10 މާރިޗު 2016 ގައި މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ނަރުހުން ތަމްރީންވެ ކައުންސިލްގައި ރަޖިސްޓްރީކުރުމަށް އެކުލަވާލެވުނު އެންޓްރަންސް ކްރައިޓީރިއާ ކައުންސިލުން ވަނީ އަލުން މުރާޖާކޮށް 20 މާރިޗު 2018 ގައި މިނިސްޓްރީގެ ވެބްސައިޓްގައި ޢާއްމުކޮށްފައެވެ.

އެކި ޤައުމުތަކުގެ ތަޢުލީމީ މަރުކަޒުތަކުގައި ނާރސިންގ ކިޔެވުމަށް ބައިވެރިވެވޭ ފެންވަރު ތަފާތުވުމާއިއެކު ރާއްޖޭގެ ނާރސިންގ ކައުންސިލުންވަނީ ކައުންސިލުން ޤަބޫލުކުރާ މިންގަނޑުތަކެއް ކަނޑައަޅާފައެވެ. ރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ބެލެވޭނީ އެންމެ ދަށްވެގެން މިކައުންސިލުން ނިންމާފާވާ އެންޓްރީ ކްރައިޓީރިއާ ހަމަވެގެން ނިންމާފައިވާ ކޯސްތަކުގެ ސެޓްފިކެޓްތަކެވެ.

ނަރުހުން ރަޖިސްޓްރީކުރާ އެންޓްރަންސް ކްރައިޓީރިއާ މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން (www.health.gov.mv)  ލިބެން ހުންނާނެއެވެ.

01 އޭޕްރިލް 2019