ދިވެހިރާއްޖެ
އިޢުލާން
ރިފަންޑް ޕްރޮސެސް އޮޓޮމޭޓްކުރުން
ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ލުއިފަސޭހަކުރުމަށްޓަކާ ކަސްޓަމްސްގެ ރިފަންޑް ޕްރޮސެސް މިވަނީ އޮޓޮމޭޓް ކުރެވިފައެވެ. މިބަދަލާ ގުޅިގެން، ކަސްޓަމްސްއަށް ދައްކާފައި ހުންނަ ފައިސާ ރިފަންޑުކުރުމަށް އެދޭ ފަރާތްތަކުން ކުރިން ކަސްޓަމްސްއަށް ހުށަހަޅަމުންދިޔަ "ރިފަންޑްކުރުމަށް އެދޭ ފޯމު" ހުށަހެޅުމުގެ ބަދަލުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ރިފަންޑަށް އެދެވޭނެއެވެ.
މި ގޮތުގެމަތިން ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ރިފަންޑަށް އެދެވޭނީ ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 187 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ފައިސާ ކަސްޓަމްސްއަށް ދެއްކި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ.
ވީމާ، ކަސްޓަމްސްއަށް ދައްކާފައި ހުންނަ ފައިސާ ރިފަންޑުކުރުމަށް އެދޭ ފަރާތްތަކުން ކުރިން ކަސްޓަމްސްއަށް ހުށަހަޅަމުންދިޔަ "ރިފަންޑްކުރުމަށް އެދޭ ފޯމު" ހުށަހެޅުމުގެ ބަދަލުގައި 2019 އެޕްރީލް 07 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސް ޕޯޓަލް (https://portal.customs.gov.mv/) މެދުވެރިކޮށް ރިފަންޑަށް އެދުމަށް ދެންނެވީމެވެ.
25 ރަޖަބް 1440
01 އެޕްރީލް 2019