ދިވެހިރާއްޖެ
މި އިޢުލާންވަނީ 09 އޭޕްރިލް 2019 13:32 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު: IUL)32-A2-PR/1/2019/23)
އިޢުލާން
ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން
މި އޮފީހުގެ ނަންބަރު (IUL)32-A2-PR/1/2019/18 (14 މާރިޗު 2019) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުމުވާ ގުޅިގެން، އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ޤާނޫނީ ފަރމްތަކުން 2019 އެޕްރީލް 04 ވަނަ ދުވަހުގެ 11:30 ގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އެޕްރީލް 10 ވަނަ ދުވަހުގެ 14:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާބެހޭ މަޢުލޫމާތު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިން ލިބެން ހުންނާނެއެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010142 ފޯނާ ގުޅުއްވުން އެދެމެވެ.
25 ރަޖަބު 1440