ދިވެހިރާއްޖެ
ނަންބަރ: 421/IUL/2019/08
ބެލެނިވެރިންގެހިޔާ އެޅުން
ވާދޫ ޖަމާލުއްދީން ސްކޫލް ކުރިމަތީގައިއޮތް ހުސްބިމުގައި " ބެލެނިވެރިންގެ ހިޔާ " ގެނަމުގައި އިމާރާތެއް އެޅުމަށް ކުރި މިއިދާރާގެ ނަންބަރ: 421/IUL/2018/40 ( 31 ޑިސެމްބަރ 2018 ) ގެ އިޢުލާން، މިނިސްޓްރީ އޮފް ފިނޭންސް ލަފާގެމަތިން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ވީމާ،މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވުން |
އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން |
09 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
14 އެޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް |
މަސައްކަތް ހަވާލުކުރުމުގައި ބަލާނެ ކަންތައްތައް:
- ފާއިތުވި ތަނުގައި މިފަދަ މަސައްކަތްތައް ކޮށްފައިވާ ގޮތް ) ދިވެހިރާއްޖޭގެ މާލިއްޔަތު ޤަވާއިދުގެ ޗެޕްޓަރ 99 " ދަޢުލަތުގެ ޕްރޮކިއުމަންޓް ނިޒާމް " ގެ 10.45 ގައިވާ ކަންކަން )
- ފަންނީ ގާބިލުކަންހުރި މިންވަރު
- މާލީ ގޮތުން މިފަދަ މަސައްކަތެއް ކުރެވިދާނެ ފަރާތެއްކަން
މާކްސް ދެވޭނެ ގޮތް
- އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް %85 މާކްސް ލިބޭނެވެ.
- ތަޖުރިބާގެ ގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކަށް 01 މާކްސް ( މާކްސްދެވޭނީ ގިނަވެގެން 05 ލިޔުމަށެވެ.) %5
- އެންމެ ކުރު މުއްދަތަށް
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުންނާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
01 އެޕްރީލް 2019
މުޙައްމަދު ވަޙީދު
ކައުންސިލްގެ ރައީސް