ވަޒީފާގެ ފުރުޞަތު
ނަންބަރު: GS210/IUL/2019/17
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 09 އޭޕްރިލް 2019 14:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ނަންބަރު: GS210/IUL/2019/17

ވަޒީފާގެ ފުރުޞަތު  

މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެ.

މަޤާމު

ރިލީފް ޓީޗަރ  

މުއްދަތު

3 މަސް

ބޭނުންވާ ޢަދަދު

3

މަސައްކަތް ކުރަންޖެހޭ ތަން/ ސެކްޝަން

އުނގޫފާރު ސްކޫލް/ އެކަޑެމިކް  

 

 

މަޤާމުގެ ޝަރުތު އަދި ލިބިލައްވާނެ މުސާރާއި އެލަވަންސް:

ތަފްޞީލް

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތައުލީމް ފުރިހަމަ ކުރުން ކަމަށްވާނަމަ

4500.00 ރ. (މަހަކު)

1500.00ރ. (މަހަކު)

މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރުންކަމަށްވާނަމަ

5500.00 ރ. (މަހަކު)

1500.00ރ. (މަހަކު)

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކުރުން ކަމަށްވާނަމަ

6090.00 ރ. (މަހަކު)

2500.00ރ. (މަހަކު)

 

   

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

 

1-     ހަވާލުކޮށްފައިވާ މާއްދާތައް ކިޔަވައިދިނުމުގެ އިތުރަށް ސްކޫލްގެ އެސެސްމެންޓް ޕޮލިސީއާއި  އެއްގޮތްވާ ގޮތުގެ މަތީން އެސެސްމެންޓް ކަންކަން ކުރިއަށް ގެންދިއުން.

2-     ކިޔަވައިދެއްވާ ކްލާސްތަކުގެ ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ދަރިވަރުންގެ މައުލޫމާތު ދުވަހުން ދުވަހަށް ލީޑިން ޓީޗަރަށް ހުށަހެޅުން.

3-     ނެގޭ ހުރިހާ ބާވަތެއްގެ ޓެސްޓް ޕޭޕަރުތައް ދަރިވަރުންނަށް ދިނުމުގެ ކުރީން ލީޑިން ޓީޗަރަށް ހުށަހެޅުން.

4-     ޓެސްޓް ތަކުގެ ނަތީޖާތައް އަޅާކިޔާ ދަރިވަރުންގެ ކުރިއެރުން އެނަލިސިސް ކުރުމަށްފަހު ހަވާލުވެހުންނަވާ ލީޑިން ޓީޗަރަށް ހުށަހެޅުން.

5-     ހަވާލުކޮށްފައިވާ މާއްދާތަކަށް ލީޑިން ޓީޗަރ ނިންމާގޮތެއްގެ މަތީން ލެސަން ޕްލޭން ތައްޔާރުކުރައްވާ ކިޔަވައިދިނުން.

6-     ކިޔަވައިދިނުމުގައި ދަރިވަރުންނަށް ސިފަތަކާއި ޤާބިލިއްޔަތުތައް ހަރުލެއްވުމަށް އިތުރު ހަރަކާތްތައް ރޭވުމާއި ހިންގުން.

 

ހުށަހަޅަންޖެހޭ މައުލޫމާތުތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ސްކޫލްގެ އޮފީސް ކައުނޓަރުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމު ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ .

(ށ) މަތީ ތައުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

      1- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ 

2- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ، އެ ސެޓްފިކެޓްގެ ކޮޕީ

3- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ،އަދާކޮށްފައިވާ ވަޒީފާ  ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް .

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

  • ·              ވަޒީފާއަށް އެދޭ ފޯމް އުނގޫފާރު ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއިއެކު ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]   އެވެ. އީމެއިލް ފޮނުއްވުމަށްފަހު ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ.

 

އިންޓަވިއު  އޮންނާނެތަނާއި މުއްދަތު :

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 10 އެޕްރީލް 2019 އާއި 16 އެޕްރީލް 2019 އާ ދެމެދު އުނގޫފާރު ސްކޫލްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން  ، އެ ތާރީޙް ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން

  • މިމަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށްބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މިއޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.

 

އެހެނިހެން އުޖޫރައާއި އިނާޔަތްތައް:

  • ކަނޑައެޅިފައި އޮންނަ އުސޫލެއްގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ.

 

  • މިމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.

ü     ތައުލީމާއި ތަމްރީނު

ü     މަސައްކަތު ތަޖުރިބާ

ü     މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

އިތުރު މައުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 ނަންބަރު ފޯނާއެވެ.

     

 

25 ރަޖަބު 1440

01 އެޕްރީލް 2019

01 އޭޕްރިލް 2019