ވަޒީފާގެ ފުރުޞަތު
ނަންބަރު: GS103/IUL/2019/16
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 09 އޭޕްރިލް 2019 10:00
ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ސެން)

އިއުލާން  

 

   މަޤާމް:                      ރިލީފް ޓީޗަރ (ސެން)

   ބޭނުންވާ އަދަދު:                01

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އެކަޑަމިކް ސެކްޝަން / ށ.ބިލެތްފަހީ ސްކޫލް

   މުއްދަތު:                       3 މަސް ދުވަސް

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  1. މާސްޓަރ ޓައިމްޓޭބަލްގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ޙާޟިރުވެ ކިޔަވައިދިނުން.
  2. ޙަވާލުކުރެވޭ ކޯކަރިކިއުލާ ޙަރަކާތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުން.
  3. ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ގަޑިތައް ނަގައިދިނުމާއި، ގަޑިތައް ރަނގަޅަށް ގެންދިއުމަށްޓަކައި ޓީޗަރެއްގެ ހައިސިއްޔަތުން ފުރިހަމަ ކުރާންޖެހޭ މަސައްކަތްތައް ކުރުން.
  4. ދަރިވަރުންގެ ކުރިއެރުމަށް ފުންކޮށް، ފުޅާކޮށް ވިސްނުންބަހައްޓައި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.
  5. ކިޔަވައި ދިނުމުގައި ގެންނަން ޖެހޭ ބަދަލުތައް ސްކޫލުން އަންގާ ގޮތެއްގެ މަތީން ގެނައުމާއި ކިޔަވައިދިނުމުގައި ސްކޫލުން ލިބެން ހުރި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.
  6. ކުލަބު ނުވަތަ ހައުސްއެއް ހިންގުމަށް ޙަވާލުކުރެވިއްޖެނަމަ އެޒިންމާއެއް އަދާކުރުން.
  7. 7.     ސްކޫލްގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޓީމް މެމްބަރެއްގެ ގޮތުގައި ޙަރަކާތްތެރިވުން.

 

ޝަރުތު:                         

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

-/4500

-/1500

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރުން

-/5500

 -/1500

ކިޔަވައިދިނުމުގެ ރޮނގުން ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާޟިލްކުރުން

-/6090

-/2500

 

 އުޖޫރައާއި ޢިނާޔަތްތައް:

       ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ޗެޕްޓަރ 5 ގައިވާގޮތުގެ މަތީން

  1. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ފައިސާ ދެވޭނެއެވެ.
  2. ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ހަމަޖެހިފައިވަ އުސޫލުން ދެވޭނެއެވެ.
  3. ކޮންޓްރެކްޓްގެ މުއްދަތުގެ ގިނަވެގެން ދެވޭނީ 5 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެވެ.
  4. ކޮންޓްރެކްޓްގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 9 ދުވަހުގެ ސަލާމް ޗުއްޓީއެވެ.
  5. ސިވިލްސާރވިސް މުވައްޒިފުންނެކޭ އެއް އުސޫލުން ގަޑީލާރި ކެނޑޭނެއެވެ.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު ކުރުން

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2019 އޭޕްރީލް 9 އާއި އޭޕްރީލް 13 އާއި ދެމެދު، ށ.ބިލެތްފަހީ ސްކޫލް ގައެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޭޕްރީލް 9 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ށ.ބިލެތްފަހީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540580  އަށެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.     ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

                                      25   ރަޖަބު     1440    

                                     01    އޭޕްރީލް     2019     

01 އޭޕްރިލް 2019