ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2019/76
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 09 އޭޕްރިލް 2019 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސުޕްރިންޓެންޑެންޓް އޮފް އެޑިޔުކޭޝަން

މަޤާމް:            ސުޕްރިންޓެންޑެންޓް އޮފް އެޑިޔުކޭޝަން

މަޤާމުގެ ނަންބަރު:      J-306652 ، J-306653 އަދި  J-306654

ބޭނުންވާ އަދަދު:        03

މަޤާމުގެ ގިންތި:        ދާއިމީ

މަޤާމުގެ ރޭންކް:        އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން: އެޑިޔުކޭޝަނަލް ޑިރެކްޓަރސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:      މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެހެނިހެން އެލަވަންސް:   

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/1500 ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ލިބޭނެ (ޓެކްނިކަލް ކޯ އެލަވަންސްގެ ޑިސިޕްލިން އަކީ އެޑިޔުކޭޝަން ނުވަތަ ޓީޗިންގް އެވެ.)

5. ޓެނުއަޝިޕް އެލަވަންސް މަހަކު -/6000 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ސިޔާސަތުތަކާއި އެންގުންތަކާއި އެއްގޮތަށް ސަރުކާރު ސްކޫލްތައް ހިނގާކަން ކަށަވަރުކުރުން.
  2. ސަރުކާރު ސްކޫލްތައް ހިންގުމަށް ބޭނުންވާ ޓެކްނިކަލް ލަފާއާއި މަޝްވަރާ ދިނުން.
  3. ސަރުކާރު ސްކޫލްތައް ހިންގުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކަނޑައަޅާފައިވާ ސިޔާސަތުތައް އަންގައިދީ އެ ސިޔާސަތުތަކާއި އެއްގޮތަށް ސްކޫލްތައް ހިންގުމަށް މަސައްކަތްކުރުން.
  4. ސަރުކާރު ސްކޫލްތައް ހިންގުމަށް ބޭނުންވާ ތަފާތު ވަސީލަތްތައް ހަމަކޮށްދިނުމަށް ކަމާގުޅޭ ސެކްޝަންތަކާއެކު މަސައްކަތްކުރުން.
  5. ސަރުކާރު ސްކޫލްތައް ހިނގާގޮތުގެ ތަފްސީލު އެއްކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ސެކްޝަންތަކާއިއެކު ކުރުން.
  6. ސްކޫލްތައް ހިންގުމަށް އެކަށައަޅަންޖެހޭ ސިޔާސަތުތައް ކަމާބެހޭ ފަރާތްތަކާއިއެކު އެކަށައެޅުން.
  7. ސްކޫލްތައް ހިންގުމަށް ޕްރިންސިޕަލުންނަށް ދޭންޖެހޭ އިރުޝާދުތައް ދިނުން.
  8. ދަރިވަރުން ހޯދާ ނަތީޖާ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ސެކްޝަންތަކަށް އެންގުން.
  9. ސްކޫލްތަކުގެ ހިދުމަތުގެ ފެންވަރުބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާއިބެހޭ ސެކްޝަންތަކާއިއެކު ކުރުން

10. ސަރުކާރު ހުރިހާ ސްކޫލްތަކެއްގައި ސްކޫލް ސެލްފް އިވެލުއޭޝަން އާއި ސްކޫލް އިމްޕްރޫވްމަންޓް ޕްލޭންތައް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.

11. ސަރުކާރު ހުރިހާ ސްކޫލްތަކަކުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ކަށަވަރުކުރުން

12. އެސް.އައި.ޕީ (ސްކޫލް އިމްޕްރޫވްމަންޓް ޕްލޭން/ ސަބްޖެކްޓް އިމްޕްރޫވްމަންޓް ޕްލޭން) ސަތައް މޮނިޓަރ އަދި އެވެލުއޭޓްކޮށް އެއަށް ފީޑްބެކް ދިނުން.

13. ހަވާލުކުރެވިފައިވާ ޒޯން އާއި ގުޅޭ މަސައްކަތްތައް އިންތިޒާމުކޮށް ރާވައި ހިންގުން.

 

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

 

 

 

ސުޕްރިންޓެންޑެންޓް އޮފް އެޑިޔުކޭޝަން 

 

 

 

 

 

EX5

 

 

 

 

 

އެޑިޔުކޭޝަނަލް ޑިރެކްޓަރސް

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ސްކޫލް ހިންގުމުގެ އެންމެ އިސް މަޤާމުގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

  މަހަކު

13890/-ރ.

ރުފިޔާ

 

 

 

 

  މަހަކު

2500/-ރ.

ރުފިޔާ

 

 

 

 

 

ސުޕްރިންޓެންޑެންޓް އޮފް އެޑިޔުކޭޝަން 

 

 

 

 

 

EX6

 

 

 

 

 

އެޑިޔުކޭޝަނަލް ޑިރެކްޓަރސް

މި އޮނިގަނޑުގެ ތެރެއިން EX5 ގެ ރޭންކުގައި މަދުވެގެން 3 އަހަރު މަސައްކަތްކޮށް، މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 3 އަހަރު 85% އަށް ވުރެ މަތިން މާކުސް ލިބިފައި ވުން.

 

 

 

  މަހަކު

15560/-ރ.

ރުފިޔާ

 

 

 

 

  މަހަކު

2500/-ރ.

ރުފިޔާ

 

ނޯޓް: ސްކޫލް ހިންގުމުގެ އެންމެ އިސް މަޤާމުގެ ގޮތުގައި ބަލާނީ ސްކޫލް ތަކުގެ ޕްރިންސިޕަލްއެއްގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކޮށްފައިވާ ފަރާތްތަކުގެ ތަޖުރިބާއަށެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ  13:30  ދުވަހުގެ ކުރިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 15 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341298 ފޯނަށް ގުޅުއްވުން އެދެމެވެ.

 

31 މާރިޗު 2019