ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު: 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރެވިގެން ހިނގަމުން އަންނަ ޖަމްޢިއްޔާތަކުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަހެޅުމުގެ މުއްދަތަކީ، ޖަމްޢިއްޔާތަކުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮންމެ މީލާދީ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނަމަވެސް، އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ޖަމްޢިއްޔާތަކުން އެދެމުން އަންނާތީ، 15 މެއި 2019 ގެ ނިޔަލަށް ޖަމްޢިއްޔާތަކުން އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފީމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ރިޕޯޓުތައް ބަލައިގަނެވޭނީ، ޤަވާއިދުގައިވާ ގޮތުގެމަތިން -/500 (ފަސްސަތޭކަ) ރުފިޔާގެ ޖޫރިމަނާއެކުގައެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
21 ރަޖަބު 1440