ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ. |
|||
މަޤާމު |
ސީނިއަރ ލީގަލް އޮފިސަރ |
||
މަގާމުގެ ނަންބަރު: |
J-291512 |
||
ބޭނުންވާ އަދަދު: |
1 |
||
މަގާމުގެ ގިންތި: |
ދާއިމީ |
||
މަޤާމުގެ ރޭންކް: |
ސީ.އެސް.2-11 (ގްރޭޑް 2) |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް |
||
މަގާމު އޮތް އޮފީސް |
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / މާލެ |
||
މުސާރަ: |
-/11830 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
-/3600 ރުފިޔާ |
||
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
4140/50 ރުފިޔާ |
||
މަގާމުގެ ޝަރުތު |
|
||
މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް: |
1- ތިމާވެށި ރައްކާތެރި ކުރުމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތައް މުރާޖާ ކުރުމާއި އެ ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާޢިދުތަކާއި ގައިޑްލައިން ފަދަ ތަކެތި ތައްޔާރުކުރުން. 2- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ގާނޫނާ އެ ގާނޫނުގެ ދަށުން ހެދިފައިވާ އެންމެހާ ގަވާޢިދުތަކާ ތަޢާރަޒުވެ ފުށުއަރާގޮތަށް ހެދިފައިވާ އެންމެހާ ގާނޫނުތަކާ ގަވާޢިދުތައް ދިރާސާކޮށް އެފަދަ އެންމެހާ ކަންތައްތައް ދެނެގަނެ އެކަންކަމާމެދު ޙައްލު ހޯދުމަށް މަސައްކަތްކުރުން. 3- ދިވެހިރާއްޖޭގެ ތިމާވެއްޓާބެހޭގޮތުން ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުމާއި އަދި އެފަދަ ބިލްތައް ރައްޔިތުންގެ މަޖުލީހަށް ހުށަހެޅުމުގައާއި ބިލާ ބެހޭ އެހެނިހެން ކަންކަމުގައި ޤާނޫނީ ލަފާދިނުން. 4- ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާބެހޭ ޤާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ގައިޑްލައިންތައް ތައްޔާރުކުރުން. 5- ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި ޤަވާއިދާއި ޚިލާފްވާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ލަފާދިނުން. 6- ސަރުކާރުގެ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތިން އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެހެނިހެން ދާއިރާތަކާމެދުގައި އެކުލަވާލެވޭ ގާނޫނީ އެއްބަސްވުންތަކާ އެފަދަ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެ ދިނުން. 7- ތިމާވެށި ހިމާޔަތްކުރުމަށް ހަދާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުމަށް މަސައްކަތްކުރުން.
|
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
|
||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
||
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 10 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 11 އޭޕްރީލް 2019 އާއި 30 އޭޕްރިލް 2019 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު ހޯދުމަށް: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018300، 3018327 އަށް ގުޅުއްވުން އެދެމެވެ. |
||
24 ރަޖަބު 1440 31 މާރިޗު 2019 |