ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CDS5/1/2019/39
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 16:54
ސުންގަޑި: 08 އޭޕްރިލް 2019 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

މަޤާމް :ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމް:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-303242

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް. 5

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް

މަގާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޯޕަރޭޓް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/13,890 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް: -/1500 ރުފިޔާ (މަހަކު)

2. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާރޓުމަންޓުގެ އިސްވެރިޔާގެ ހައިސިއްޔަތުން ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާރޓްމަންޓުގެ ދަށުގައި ހިމެނޭ އެޑްމިނިސްޓްރޭޝަން ، ޕްރޮކިއުމަންޓް އެންޑް ޕަބްލިކްރިލޭޝަން ސެކްޝަން ،ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން، ފައިނޭންސް ސެކްޝަން،އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން، ލީގަލްގެ އެންމެހާ މަސައްކަތްތައް ކުރަމުންދާގޮތް ބަލާ ހިންގާ ބެލެހެއްޓުން. 

2. އޮފީހުގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓްރެޓަޖީތަކުގެ ދަށުން މަސްޢޫލުވާ ސެކްޝަންތަކުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ހަލުވިކަމާއެކު، ނަތީޖާ ހާޟިލްވާ ގޮތެއްގައި ޕަރމަނަންޓް ސެކްރެޓަރީގެ ލަފާފުޅާއެކު ހިންގާ ބެލެހެއްޓުމާއި އިދާރީ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަންތައްތައްރޭވުމާއި، ރާވާގޮތުގެމަތިން ކަންތައްތައް ހިނގާތޯބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުމާ ޙަވާލުވެ ހުންނެވި ވެރިއެއްގެ މަސައްކަތް ސުޕަވައިޒްކުރުން.

3. ޑިޕާޓްމެންޓަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވާ ވިލަރެސްކުރުން.

4. ޑިޕާޓްމެންޓްއިން ޚަރަދުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް، ކޭޝް ފްލޯ ފައިނޭންސް ސެކްޝަންއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްގެންދިޔުން.

5. ހުރިހާ ސެކްޝަންތަކުގެ ސެޓޭންޑަޑް އޮޕްރޭޓިންގ ޕްރޮސީޖަރސް (އެސް.އޯ.ޕީ) އާއި ފްލޯ ޗާޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ވިލަރެސްކުރުން.

6. މިނިސްޓްރީގެ އޮނިގަނޑު ތައްޔާރުކޮށް، އޮނިގަނޑަށް ބަދަލެއް އަތުވެއްޖެ ހިނދެއްގައި އެބަދަލު ގެނެސް މިނިސްޓްރީގެ ސެކްޝަންތަކުގެ މަސައްކަތް ރިވިއުކުރުން.

7. މިނިސްޓްރީގެ ބައްދަލުވުންތަކަށް ގަވާއިދުން ހާޒިރުވުން.

8. ޕްރޮކިއުމަންޓް ސެކްޝަނާއި ބިޑް ކޮމިޓީގައި ހިންގާ އެންމެހާ މަސައްކަތްތައް ހިންގާ ސުޕަވައިޒްކޮށް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ސެކްޝަނުގެ އިސްވެރިޔާގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.

9. އޮޑިޓް ޖެނެރަލް އޮފީހުން ކުރިއަށްގެންދާ އޮޑިޓްތަކުގައި ބޭނުންވާ މަޢުލޫމާތުތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދޭ މަޢުލޫމާތުތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

10. މިނިސްޓްރީގެ މެންޑޭޓްގައިވާ އެންމެހައި މަސައްކަތްތައް ހާސިލްކުރުމަށްޓަކައި އިދާރީ ސެކްޝަން އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން އިން ކުރަމުން ގެންދާ މަސައްކަތްތައް ވަރުގަދަކޮށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

11. ފައިސާ ބެލެހެއްޓުމާއި ބެހޭ ގޮތުން ސަރުކާރުން ހަމަޖައްސާފައިވާ އުސޫލްތަކާއި އެއްގޮތަށް ފައިސާގެ ކަންތައްތައް ބަލަހައްޓަމުންދޭތޯ ބެލުމާއި މިނިސްޓްރީއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުގެ ޤަވާޢިދާ އެއްގޮތައް ބެލެހެއްޓުމާއެކު، ޖަމާކުރެވެމުންދޭތޯ ސެކްޝަނުގެ އިސްވެރިޔާ ބައްލަވަމުންގެންދޭތޯ ބަލާ އެކަންކަން ސުޕަވައިޒްކުރުން. މިނިސްޓްރީގެ ފައިސާއާއި ޙިސާބުތައް ޚުލާސާކޮށް މާލީޒިންމާދާރު ވެރިޔާއަށް ޤަވާޢިދުން އަންގަމުން ގެންދިއުން.

12. މިނިސްޓްރީއާއި ދަށުގައިވާ ދާއިރާތަކުގެ މުވައްޒަފުންނަށް، ސިވިލް ސަރވިސްގެ ގަވައިދާ ހަމަޖެހިފައިވާ އުސޫލްތަކުގެ މަތިން، ވަޒީފާ ދިނުމާއި، ވަކިކުރުމާއި، ބަދަލުކުރުމާއި، މިނޫންވެސް ވަޒީފާއާބެހޭ ހުރިހާކަމެއް އެ ކަންކަން ބެލެހެއްޓުމާއި ޙަވާލުކުރައްވާފައިވާ ސެކްޝަނުގެ އިސްވެރިޔާގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއިއެކު މުވައްޒަފުންނަށް އަންގަންޖެހޭ އެންމެހާ ޤަވާޢިދުތަކާއި އެންގުންތައް ބަރާބަރަށް އަންގަމުންދޭތޯ ބެލުން.

13. މިނިސްޓްރީ އާއި ދަށުގައިވާ ދާއިރާތަކުގެ މުވައްޒަފުންނަށް، ހިންގޭ އެކިއެކި ޓްރޭނިންގ ޕްރޮގްރާމްތައް ގެންދެވެނީ މުވައްޒަފުންގެ މެދުގައި ހަމަހަމަގޮތެއްގައި ބަހާލެވިގެންތޯ ބެލައި ޔަގީން ކުރުން.

14. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމް ފުރިހަމަކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7  ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. މިތަޖުރިބާ ތެރޭގައި، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް  ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

85

20

25

5

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

25

25

ލިބިފައިވާ ހުނަރު

އިމްތިޙާން/ ޕްރެކްޓިކަލް

50

20

50

 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

100

30

ޖުމްލަ

295

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އެޕްރީލް 08 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އެޕްރީލް 18 އާއި 2019 އެޕްރީލް 30 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004134 ނަންބަރު ފޯނަށް ނުވަތަ 3004379 ނަންބަރު ފޯނަށެވެ.

30 މާރިޗު 2019