ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-H1/1/2014/14
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 14:22
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަލާކުވެފައި ހުންނަ ހާލަތުގައި މަގުތަކާގޯޅިތަކާއި ހުސްބިންތަކުގައި ބާއްވާފައި އޮންނަ އެއްގަމު އުޅަނދުފަހަރު ނަގައި ނައްތާލާނެކަން އެންގުން

މާލޭގެމަގުތައް ސާފުކުރުމުގެ މަސައްކަތްކުރާއިރު ހަލާކުވެފައި ހުންނަ ހާލަތުގައި މަގުތަކާގޯޅިތަކާ ހުސްބިންތަކުގައި ބާއްވާފައި އޮންނަ އެއްގަމު އުޅަނދުފަހަރު ނަގައި ނައްތާލާނެކަން އެންގުން

ހަލާކުވެ ވީރާނާވަމުންދާ އެއްގަމު އުޅަނދުފަހަރު (4 ފުރޮޅުލީ އުޅަނދުފަހަރާއި 2 ފުރޮޅުލީ އުޅަނދުފަހަރު) މާލޭގެ ޕާކިންޒޯންތަކުގައާއި ޒޯނުން ބޭރުގައި، އަދި ހުސް ބިންތަކުގައި ވަރަށް ގިނަކަން ވަނީ ފާހަގަ ކުރެވިފައެވެ. އެފަދަ އުޅަނދުތަކުގެ ސަބަބުން މާލޭސިޓީގެ ސާފުތާހިރުކަން ގެއްލި، މަގުތަކާއި ހުސްބިންތައް ސާފުކުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދެއެވެ. އަދި އެހެން އުޅަނދުފަހަރު ޕާރކުކުރަން އޮންނަ ޖާގަ ގެއްލި، އުޅަނދުތަކަކީ ކުނިއަޅާ ތަކެތީގެ ގޮތަށް ބަދަލުވެ، މީހުންގެ ޝަކުވާ ލިބުން ވަނީ އިތުރުވެފައެވެ.    

މި ހެންވެ އެފަދަ އެއްގަމު އުޅަނދުފަހަރު މި އިދާރާއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ނަގާ ނައްތާލާނެކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ވީމާ، މާލޭސިޓީގެ މަގުތަކާއި ހުސްބިންތަކުގައި މި އިޢުލާނުގައި ބަޔާންކުރާ ފަދަ އެއްގަމުއުޅަނދެއް ބާއްވާފައިވާނަމަ މި އިޢުލާންކުރާ ދުވަހުން ފެށިގެން 10 ދުވަހުގެތެރޭގައި އެފަދަ އުޅަނދުތައް ނެންގެވުމަށާއި، ނުނަންގަވާ ބާއްވާފައި އޮންނަ އުޅަނދުފަހަރު މިއިދާރާއަށް ނަގާ ނައްތާލުމުގެ ޒިންމާ ނުއުފުލާނެކަންވެސް އަންގަމެވެ.

26 ޖަނަވަރީ 2014