ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2019/78
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 17:13
ސުންގަޑި:
04 އޭޕްރިލް 2019 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފާމަސިސްޓުން ބޭނުންވެއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ މި ދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު |
ޢަދަދު |
އަސާސީ މުސާރަ |
މަސައްކަތްކުރަންޖެހޭ ތަން |
ފާމަސިސްޓް |
01 (އެކެއް) |
-/4350ރ |
އެސް.ޓީ.އޯ ހއ. މާރަންދޫ ފާމަސީ |
ފާމަސިސްޓް |
01 (އެކެއް) |
-/4350ރ |
އެސް.ޓީ.އޯ ހއ. އިހަވަންދޫ ފާމަސީ |
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1500 ރުފިޔާ އާއި، -/2450 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- ބޭސް ދޫކުރުން
- ކޭޝް އަދި ކްރެޑިޓް ބިލް ހެދުން
- ކޮންޓްރޯލް ޑްރަގްސް ބެލެހެއްޓުން
- ހަރުތަކުގައި ބޭސްޖެހުމާއި މުއްދަތުހަމަވާ ބޭސްތައް ބަލާ ޗެކްކުރުން
ފެންވަރު ނުވަތަ ޝަރުތު
- ޑިޕްލޮމާ އިން ފާމަސީ ފުރިހަމަކޮށްފައިވުން ނުވަތަ
- އެޑްވާންސް ސެޓްފިކެޓް (ސެޓްފިކެޓް 04) އިން ފާމަސީ ފުރިހަމަ ކޮށްފައިވުން
އެހެނިހެން ހުނަރު
- މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭން ފަރާތެއް ކަމުގައިވުން
- މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 އޭޕްރިލް 04 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނަނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344261 / އީމެއިލް އެޑްރެސް:[email protected]
28 މާރިޗު 2019