މަސައްކަތް
ނަންބަރު: (IUL)438-CCD/438/2019/61
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 15 އޭޕްރިލް 2019 11:15
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް ޕްރޮޖެކްޓަށް ޓެކްނިކަލް އެކްސްޕާޓެއް ހޯދުމަށް (ދެވަނަ އިއުލާން)

ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް ޕްރޮޖެކްޓަށް ޓެކްނިކަލް އެކްސްޕާޓެއް ހޯދުމަށް (ދެވަނަ އިއުލާން) 

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫ.އެން އެންވަޔަރަންމަންޓް) ގުޅިގެން ހިންގަމުންދާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫއަށް ޓެކްނިކަލް އެކްސްޕާޓެއް އައްޔަނު ކުރުމަށް ބޭނުންވެއެވެ.

މިގޮތުން މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)438-CCD/438/2019/38 (12 މާރިޗު 2019) އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) އިން ފަންޑުކޮށްގެން ހިންގަމުންދާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ،ޢިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. އަދި މިކަމާގުޅުންހުރި ސިޔާސަތުތަކާއި އަދި މިންގަނޑުތައް އެކުލަވާލުން ވެސް މިމަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މިސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 07 އެޕްރިލް 2019 ވާ (އާދިއްތަ) ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅުއްވާނީ 15 އެޕްރިލް 2019 ވާ (ހޯމަ) ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި ކުރިންދެންނެވުނު ކަންތައްތައް ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 15 އެޕްރިލް 2019 ވާ (ހޯމަ) ދުވަހުގެ 11:15 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް ޕްރޮޖެކްޓަށް ޓެކްނިކަލް އެކްސްޕާޓެއް ހޯދުމަށް

އިޢުލާނު ނަންބަރު: IUL)438-CCD/438/2019/61)

ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

28 މާރިޗު 2019