ދިވެހިރާއްޖެ
ސްޓާފް ފާޚާނާއެއް ހެދުމަށް ބޭނުންވެއްޖެ
މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސްޓާފުންގެ ފާޚާނާއެއް ހެދުމުގެ މަސައްކަތައް އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިމަސައްކަތަށް އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ. 21 ރަޖަބު 1440 28 މާރިޗް 2019 |