މަސައްކަތް
ނަންބަރު: (IUL)30/30/2019/68
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 09:05
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މި މިނިސްޓްރީގެ ފަރާތުން ކ. ވިލިނގިލީގައި ހިންގަމުން ގެންދާ ފިޝަރީޒް ޓްރެއިނިންގ ސެންޓަރގައި ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނާ ގުޅިގެން ތަން ބަލަން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ގޮތަށް ތަންބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 01 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 10:30 ކ. ވިލިނގިލީގައި ހިނގަމުންދާ މި މިނިސްޓްރީގެ ފިޝަރީޒް ޓްރެއިނިންގ ސެންޓަރ (ވާރު ހިނގުން) އަށް ވަޑައިގެން ތަން ބައްލަވައި ލެއްވުމަށްފަހު 04 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން ދެއްވުން އެދެމެވެ.

28 މާރިޗު 2019