ވަޒީފާގެ ފުރުޞަތު
ނަންބަރު: GS112/IUL/2019/07
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 19:51
ސުންގަޑި: 04 އޭޕްރިލް 2019 14:00
ޅޮހީ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ، ކްރިއޭޓީވް އާރޓް

 

އިޢުލާން

 

        މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

 

މަޤާމް :  ރިލީފް ޓީޗަރ، ކްރިއޭޓީވް އާރޓް

ބޭނުންވާ އަދަދު :  1 (އެކެއް)

މުއްދަތު: 3 މަސް (ދިރާސީ އަހަރު ނިޔަލަށް ކޮންޓުރެކްޓުކުރެވޭނެ)

ޝަރުތު :

ސަރވިސް

އެލަވަންސް (މަހަކު)

މުސާރަ (މަހަކު)

 

1500.00 ރުފިޔާ

1500.00 ރުފިޔާ

2500.00 ރުފިޔ

4500.00 ރުފިޔާ

5500.00 ރުފިޔާ

6090.00 ރުފިޔާ

* ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

* މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

*ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް4ގެ ސަނަދެއް ހާސިލްކުރުންކަމަށްވާނަމަ

ނޯޓް:

  1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  2. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

 

 

 

 

މަޤާމްގެ މަސްއޫލިއްޔަތު

       މިމަޤާމްގައި  ކުރައްވަން ޖެހިވަޑައިގަންނަވާނީ ސްކޫލުން ކަނޑައަޅާ ގްރޭޑް ތަކަށް  ކިޔަވައި ދިނުމުގެ މަސައްކަތެވެ. ގްރޭޑް 1ން 7 އަށް ކްރިއޭޓީވް އާރޓް މާއްދާ ކިޔަވަދިނުން، އަދި އިގިރޭސި އަދި ދިވެހި ބަހުން ހުންނަ މާއްދާތައް ކިޔަވައިދޭން އެގުން.  

 

 

އިތުރު އިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރ 5ގައިވާ ގޮތުގެމަތީން

  1. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ފައިސާ ދެވޭނެއެވެ.
  2. ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ހަމަޖެހިފައިވަ އުސޫލުން ދެވޭނެއެވެ.
  3. ކޮންޓްރެކްޓްގެ މުއްދަތުގެ ގިނަވެގެން ދެވޭނީ 5 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެވެ.
  4. ކޮންޓްރެކްޓްގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 9 ދުވަހުގެ ސަލާމް ޗުއްޓީއެވެ.
  5. ސިވިލްސާރވިސް މުވައްޒިފުންނެކޭ އެއް އުސޫލުން ގަޑީލާރި ކެނޑޭނެއެވެ

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް.

  • ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން .
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި އެކު ހުށައަޅަން ޖެހޭ ތަކެތި

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ( މުއްދަތު ހަމަނުވާ )
  • ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކުރެޑިޓް ކޮށްފައި)
  • ސިވިލްސާރވިސް ވަޒީފާއަށް އެދި ހުށައަޅާ ފޯމް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރަކާއެކު)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

 

 

 

 

 

 

 

  ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން 04 އޭޕްރިލް  2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ސްކޫލަށް ތަކެތި ހުށައެޅުން އެދެމެވެ.

         މިމަޤާމަށް މީހުން އައްޔަނު ކުރުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ދުވަސް ތެރޭގައި ޅޮހީ ސްކޫލް ގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި މިވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންނަށް އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމަތެއް ސާފުކުރަން ބޭނުންފުޅުނަމަ މިސްކޫލްގެ ނަންބަރ 6560573 އާ ގުޅުއްވުން އެދެމެވެ.

27 މާރިޗު 2019