ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2019/97
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 04 އޭޕްރިލް 2019 01:30
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2019/97 ނަންބަރު:

މަޤާމް

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު


J-
304435

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން

ހިއުމަންރިސޯސް  މެނޭޖްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ

މުސާރަ:

މަހަކު 5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/-  ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް:

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ސެކްޝަންތަކަށާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ބަލައި ކޮންމެ އަހަރެއް ފެށޭއިރު ހިއުމަން ރިސޯސް ޕްލޭންއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވެދިނުން. މި ގޮތުން ތައްޔާރު ކުރެވޭ ޕްލޭނެއްގެ މައްޗަށް ބަލައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނަށާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ކަނޑަ އަޅުއްވާފައިވާ ފޯމެޓަށް ޓްރެއިނިންގ ރިކުއަރމަންޓް ތައްޔާރުކޮށް ކަނޑައެޅޭ ތާރީޚްގެ ކުރިން އެ ތަންތަނަށް ފޮނުވުން.
  1. ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ދިގުމުއްދަތުގެ ކޯސްތަކާއި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތައް އަދި ސެމިނަރ ވޯކްޝޮޕްތަކުގައި މި މިނިސްޓްރީގެ މުވައްޒަފުން ބައިވެރި ކުރުމާއި އަދި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  1. ޤަވާޢިދުތަކަށް މުވައްޒަފުން އަހުލިވެރި ކުރުވުމާއި މި މިނިސްޓްރީގައި ގެންގުޅޭ އެކި އެކި ސޮފްޓްވެއަރ ތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި ޖެމްސްއަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުވުމަށްޓަކައި އެން.ސީ.އައި.ޓީ އާއި އެޑްމިނިސްޓްރޭޓިވް ސެކްޝަނާ ގުޅިގެން ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްތައް ކުރުން.
  1. ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޓްރޭނިންގ ތަކުގައި ބައިވެރިވާ ފަރާތްތަކަށް ހަމަޖައްސަންޖެހޭ ކޯސް ފީ އާއި އެހެނިހެން ޚަރަދުތަކާއި އިނާޔަތްތައް ހަމަޖެއްސުމަށް ބަޖެޓް ސެކްޝަނަށާއި އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމާއި އަދި މިކަމާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން އަދި މި ކަންތައްތަކުގެ އަޕްޑޭޓް ސުޕައިވައިޒަރަށް ދިނުން. މީގެ އިތުރުން ކޮންމެ އަހަރެއްގެ ބަޖެޓުގައި ތަމްރީންތަކަށް ހިނގާނެ ޚަރަދު ހިމެނުމަށްޓަކައި ތަމްރީން ބަޖެޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ފޮނުވުމުގައި ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
  1. ތަމްރީން ފުރިހަމަކުރާ ފަރާތްތަކުގެ އިޤްރާރު، ތަމްރީން ފެށުމުގެ ކުރިން ފުރިހަކުރުމާއި އަދި ތަމްރީންވާ މުވައްޒަފުން އިޤްރާރުގައިވާގޮތަށް ޢަމަލު ކުރަމުންދޭތޯ މޮނިޓަރ ކުރުމާއި އަދި އިޤްރާރުގައިވާގޮތަށް ޢަމަލު ނުކުރާނަމަ ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލުގެ ތެރެއިން ފިޔަޅު އެޅުމުގެ މަސައްކަތް ކުރުން.
  1. ތަމްރީން ކުރެވޭ މުވައްޒަފުންގެ ދަފްތަރެއް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  1. ތަމްރީން ތަކުގައި ދާ މީހުންގެ ތެރެއިން މަޤާމް ރިޒާވް ކުރަންޖެހޭ މުވައްޒަފުންގެ މަޤާމް ރިޒާވް ކުރުމާއި  އަދި ތަމްރީން ނިމުމުން ތަމްރީނާބެހޭ ރިޕޯޓް، ސެޓްފިކެޓް އަދި މެޓީރިއަލް ހޯދުމާއި، އަދި ސެޓްފިކެޓް ފަދަ ތަމްރީންއާ ގުޅޭ އެކި އެކި ލިޔެކިއުންތައް ޕާރސަނަލް ފައިލްއަށް ލުމަށްޓަކައި އެ ކަމާ ބެހޭ މުވައްޒަފުންނާ ޙަވާލުކުރުމުގެ މަސައްކަތް ކުރުން.
  1. މި މިނިސްޓްރީއަށް އަލަށް ގުޅޭ މުވައްޒަފުންނާއި ދިގު މުއްދަތުގެ ތަމްރީންތައް ނިންމާ އޮފީހަށް އެނބުރި އަންނަ ފަރާތްތަކަށް އިންޑަކްޝަން ޕްރޮގްރާމް ހިންގުމުގެ މަސައްކަތް ކުރުން
  1.  ސެކްޝަން އަށް އަންނަ ލިޔެކިޔުންތައް ސުޕަވައިޒަރަށް ދައްކާ އެ ކަމާ ގުޅޭ މުވައްޒަފަކާ ޙަވާލު ކުރުމުގެ އެންމެހާ ކަންތައްތައް ކުރުން. ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ފޮނުވުން. އަދި އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ކަނޑައެޅިފައިވާ ތާރީޚަކަށް އެކަމާ ބެހޭ މުވައްޒަފަކަށް ހަވާލުކުރުން
  1. އެޗް.އާރް.އެމް.ޑީ ކޮމިޓީގެ ޖަލްސާ ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާ ޖަލްސާގައި ނިންމޭ ކަންތައްތައް ތަންފީޒު ކުރުމަށް ސުޕަވައިޒަރަށް އެހީތެރިވެދިނުން
  1. މުވައްޒަފުންގެ ކޮލިފިކޭޝަން ލިސްޓެއް މެއިންޓެއިން ކުރުން.
  1. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން.

 

މަޤާމުގެ ޝަރުތުތައް

  1. 1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ  ކަންތައްތައް:

- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %35

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާނަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް

- އިންޓަވިއު އަދި ޕްރެކްޓިކަލްއަށް %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  04އޭޕްރީލް 2019 ވާ (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،  07 އޭޕްރީލް 2019 އާއި 18 އޭޕްރީލް 2019  އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349252/3349169/3349335/3349297 ނަންބަރ ފޯނާއެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

27 މާރިޗު 2019