ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)220-AS/1/2019/22
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 31 މާރިޗު 2019 10:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގައި ބޭނުންކުރާ Xerox Phaser 7800 ޕްރިންޓަރުތަކަށް ބޭނުންވާ ޓޯނަރ/ކާޓްރީޖްގެ 1 (އެކެއް) އަހަރު ދުވަހުގެ ސްޓޮކް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

އިޢުލާން

 

މި އޮތޯރިޓީގައި ބޭނުންކުރާ Xerox Phaser 7800  ޕްރިންޓަރުތަކަށް ބޭނުންވާ ޓޯނަރ/ކާޓްރީޖްގެ 1 (އެކެއް) އަހަރު ދުވަހުގެ ސްޓޮކް ތިރީގައިވާ ތަފްސީލާއި އެއްގޮތަށް މި އޮތޯރިޓީއިން ކުރާ އޯޑަރުތަކަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން 11 މާރިޗު 2019 ގައި ކުރި ނަންބަރު IUL)220-AS/1/2019/19) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް މި އޮތޯރިޓީން ދީފައިވާ ޓެކްނިކަލް މިންގަނޑުތަކަށް ނުފެތޭތީ ދެންނެވުނު އިޢުލާނު ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

(Xerox Phaser 7800 (Genuine/Original

 

Part Number

Items

Qty

106R01570

Cyan-Toner Cartridge

25

106R01573

Black- Toner Cartridge

25

106R01571

Magenta -Toner Cartridge

25

106R01572

Yellow- Toner Cartridge

25

106R01582

Imaging Unit

15

115R0074

Fuser

5

108R01036

Belt Cleaner Assembly

5

108R01053

Transfer Roller

10

108R00982

Waste Cartridge

25

675K85040

Cyan-Developer Unit

3

675K85030

Black- Developer Unit

3

675K85050

Magenta - Developer Unit

3

675K85060

Yellow- Developer Unit

3

108R01037

Suction Filter

6

ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

31 މާރިޗު 2019

އާދީއްތަ

10:00

 

 

މަސައްކަތުގެ މާރކްސް ދިނުމުގައި ބެލެވޭނެ ދާއިރާތައް

އަގު (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާރކްސް)

65%

ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު

20%

ތަޖުރިބާ (މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފްސީލް)

15%

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހެޅޭ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
  • އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ބިޑް ޕްރޮޕޯސަލް (ޖީ.އެސް.ޓީއަށްވާ ޢަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން)
  • ވިއްކުމަށް ހުށަހަޅާ ތަކެތީގެ ފުލް ސްޕެސިފިކޭޝަން
  • ޓޯނަރތަކުގެ އޮރިޖިނަލްކަން އަންގައިދޭ ސަޕްލަޔާރ/ކުންފުނީގެ ރަސްމީ ލިޔުމެއް
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް (މިފަދަ މަސައްކަތް ކުރުމުގައި ތަޖުރިބާ ލިބިފައިވާ މުއްދަތު އެނގޭގޮތަށް)
  • މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފްސީލް
  • ކުންފުނި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
  • އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
  • ފަންނީ ގޮތުން ޤާބިލްކަން ހުރި މިންވަރު
  • އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ، އެ ފަދަ ލިޔުމެއް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3020478, 3019611 އަށް ގުޅުންވުން އެދެމެވެ. 

  20 ރަޖަބު 1440

  

27 މާރިޗު 2019