ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251/251/2019/20
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 08 އޭޕްރިލް 2019 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެންޑަރުންގެ ރަޖިސްޓްރީއެއް އެކުލަވާލުން

މި ކައުންސިލްގެ އިދާރާއިން ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތުގެ މަތިން 35000.00 (ތިރީސް ފަސް ހާސް) ރުފިހާއަށް ވުރެ ދަށުން، އިޢުލާން ނުކޮށް ކުރާ މަސައްކަތްތަކާއި ލިބިގަންނަ ޚިދުމަތްތަކާއި ގަންނަން ބޭނުންވާ ތަކެތި ގަތުމުގައި، ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އަގު ބެލުމަށްޓަކައި ވެންޑަރުންގެ ރަޖިސްޓްރީއެއް އެކުލަވާލަން ގަސްދުކުރާތީ، އެ ރަޖިސްޓްރީގައި ވިޔަފާރިތައް ހިމެނުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެ ގޮތުން އަގު ބަލާއިރު އަގު ބަލާނީ ހަމައެކަނި މި ރަޖިސްޓްރީގައި ހިމެނިފައިވާ ފަރާތްތަކުންނެވެ. އަދި ކަމާ ގުޅޭ ޚިދުމަތްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނިފައިވާ ހުރިހާ ފަރާތްތަކަށް ވެސް އަގު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ވީމާ، ވެންޑަރުންގެ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން 8 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ކަމާ ގުޅޭ ފޯމް ފުރިހަމަކުރެއްވުމަށް ފަހު ދިއްދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި ފޯމް ދިއްދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ވާހަކަ ވެސް ދެންނެވީމެވެ.

27 މާރިޗު 2019