ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ށ. ގޮއިދޫ ސްކޫލުގެ އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް
މި ސްކޫލުންކުރި އިޢުލާން ނަމްބަރ GS110/IUL/2019/13 ގުޅިގެން ކުރިމަތިލާފައިވަނީ ޝަރުތު ހަމަވާ އެންމެފަރާތެއްކަމުން އެއިޢުލާން ބާތިލްކޮށް ދެވަނަފަހަރަށް އަލުން އިޢުލާން ކުރަމެވެ.
މިސްކޫލުންދޭ ކުރެހުމާއި އެއްގޮތަށް މިސްކޫލުގެ އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
މި މަސްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2019 އޭޕްރިލް 01 ވާ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި ށ.ގޮއިދޫ ސްކޫލް އޮފީހުގައެވެ.
ބީލަން ހުޅުވުން އޮންނާނީ 2019 އޭޕްރިލް 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ށ.ގޮއިދޫ ސްކޫލް އޮފީހުގައެވެ. ބީލަން ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާ މައުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.
ހ. "ށ.ގޮއިދޫ ސްކޫލް އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް"
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރ
އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ޕްރީ ބިޑް ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތުގެ ބީލަން ފޮތް މިސްކޫލުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ .