ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2019/014
އިޢުލާން
އަހަރީ އާއްމު ޖަލްސާ 2019
މިއެސޯސިއޭޝަންގެ ނަމްބަރ BAM/IUL/2019/09 13 މާރިޗު 2019 އިޢުލާން އަދި ނަމްބަރ BAM/IUL/2019/013 ، 22 މާރިޗު 2019 އިޢުލާނައި ޚަވާލާދީ ދަންނަވަމެވެ. 25 މާރިޗު 2019 ވަނަ ދުވަހު ބޭއްވުމަށް ކަޑައެޅުނު މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ކޯރަމް ހަމަނުވުމާއި ގުޅިގެން ވަނީ ލަސްކުރެވިފައެވެ.
25 މާރިޗު 2019 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2 ވަނަ ކުއްލި ބައްދަލުވުމުގައި ދެން، އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަސް ކަނޑައަޅާފައިވާކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތް ސެންޓަރ ސެމިނަރރޫމް ގައި 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައެވެެ.މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މިއެސޯސިއޭޝަންގެ އެންމެހައި މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ.
މި ޖަލްސާގައި ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން:
- އެސޯސިއޭޓް މެމްބަރ ( ކްލަބް ) ، އެސޯސިއޭޓް މެމްބަރުންގެ ތެރެއިން މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2019/9 ގައިވާގޮތަށް 2019 ވަނަ އަހަރަށް ފީ ދައްކާފައިވާ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ފާއިތުވި ދެއަހަރު ތެރޭގައި މިއެސޯސިއޭޝަންގައި ރަޖިސްޓްރީ ވެފައިވާ މެމްބަރ ކްލަބް ތަކުގެ ތެރެއިން ފާއިތުވި ދެއަހަރު މުބާރާތްތަކުގައި ބައިވެރިވެ، އަހަރީ ޢާއްމު ޖަލްސާ ގައި ބައިވެރިވެ ވޯޓް ލުމުގެ ހައްޤު ލިބި،ޝަރުތު ހަމަވަނީ ޖުމްލަ 2 އެސޯސިއޭޓް މެމްބަރު ކްލަބް އެވެ.
- 1. ޔުނައިޓަޑް ވިކްޓަރީ
- 2. ކްލަބް ސްޓެޓިކް
- ފުރިހަމަ މެމްބަރުން ، އެކްޓިވް ފުރިހަމަ މެމްބަރުން ނުވަތަ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ތެރެއިން މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2019/9 ގައިވާގޮތަށް 2018 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް، 2019 ވަނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ކަލަންޑަރ ހުށައަޅާފައިވަނީ ހަމައެކަނި ޖުމްލަ 2 ފުރިހަމަ މެމްބަރުން ނުވަތަ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އެވެ.
1. ނ.ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
2. ބ.އޭދަފުށި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
މި ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުންގެ ލިސްޓް ތަކަކީ 21 މާރިޗު 2019 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާގައި އިޢުލާން ނަމްބަރ:BAM/IUL/2019/09 13 މާރިޗު 2019 ގައި ކޮށްފައިވާ އިޢުލާން އާއި އެއްގޮތަށް ހިންގާ ޤަވާއިދުގައިވާ ގޮތުގެމަތިން ފާސްކޮށް އެގްޒެކެޓިވް ކޮމިޓީއިން އެންޑޯޒްކޮށްފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުންގެ ލިސްޓްކަން ދަންނަވަމެވެ.
މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2019/9 ގައިވާގޮތަށް 20 މާރިޗު 2019 ގެ ނިޔަލަށް 2019 ވަނަ އަހަރަށް ފީ ދައްކާފައިވާ މިއެސޯސިއޭޝަންގެ އެސޯސިއޭޓް މެމްބަރ ( ކްލަބް ) އަދި ފަރުދީ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިދެއެވެ. ނަމަވެސް ކޯރަމްގެ ގޮތުގައި ނުހިމެނޭނެއެވެ.
ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) ގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެކަމަށް ނަންފޮނުވާފައިވާ ފަރާތްތަކުން އިތުރު ބަދަލެއް ގެންނަނަމަ ލަސްވެގެން ޖަލްސާބޭއްވުމުގެ 24 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. އެންމެހާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.
26 މާރިޗު 2019