ތަމްރީނު
ނަންބަރު: (IUL)415/415 /2019/ 26
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 10:01
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ކައުންސިލްގެ އިދާރާގައި ދަރުމައަށް (ވޮލަންޓިއަރކޮށް) މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ތިނަދޫ ކައުންސިލްގެ އިދާރާގައި ދަރުމައަށް (ވޮލަންޓިއަރކޮށް) މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުން

 

ތިނަދޫ ކައުންސިލްގެ އިދާރާއަކީ ތިނަދޫގެ ރަށްވެހިކަމުގެ ތަރައްޤީގެ ޚިދުމަތް ދުވަހުން ދުވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ދިވެހި ސަރުކާރުން ތިނަދޫގެ ރައްޔިތުނަނަށް ދެއްވަން ބޭނުންފުޅުވާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޙަވާލުވެފައިވާ މުވައްސަސާއެވެ. މިއިދާރާގައި މަސައްކަތްކޮށް އެކި ދާއިރާތަކުން ޢަމަލީ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުޞަތުވަނީ ފުޅާ ދާއިރާއެއްގައި މިހާރު ހުޅުވާލެވިފައެވެ.

ތިނަދޫ ކައުންސިލްގެ އިދާރާގައި ދަރުމައަށް (ވޮލަންޓިއަރކޮށް) މަސައްކަތްކުރާ ފަރާތްތަކަށް ލިބިދެވޭނެ ޢިނާޔަތްތައް:

  • އިދާރީ މަސައްކަތްކުރުމުގެ ޢަމަލީ ތަޖުރިބާ
  • ވަޒީފާތަކަށް ކުރިމަތިލުމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށްދީ ސެޓްފިކެޓް އެޓެސްޓްކޮށް ކޮޕީ ނަގައިދިނުން.
  • ވަޒީފާ ހޯދައިދިނުމަށް މަސައްކަތްކުރުން. އަދި ތިނަދޫ ކައުންސިލްގެ އިދާރާގެ މަސައްކަތްކޮށްފައިވާ ކަން ބަޔާންކުރާ ލިޔުން / ސެޓްފިކެޓް ދިނުން.
  • ޚާއްސަ ޕްރޮގްރާމްތަކުގައި މަސައްކަތުގެ ވަގުތުގައި ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި ތަޢާރުޟު ނުވާ ގޮތެއްގެ މަތިން ކެއުމާއި ސައިގެ ޚިދުމަތްދިނުން.
  • މަހަކު 1500 ރުފިޔާގެ ޕޮކެޓްމަނީ.
  • ސަރުކާރުން ހިންގަވާ ތަމްރީނު ޕްރޮގްރާމްތަކުން ޖާގަ ހޯދައިދިނުމަށް މަސައްކަތްކޮށްދިނުން.
  • ކައުންސިލުން ފައިސާގެ ޢިނާޔަތެއް ދިނުމަށް ފާސްކޮށްފިނަމަ އެފަދަ ޢިނާޔަތެއް ދިނުން.

ވީމާ، ތިނަދޫ ކައުންސިލްގެ އިދާރާގެ ޓީމުގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯއްދަވަން އެދޭ ތިނަދޫގެ ދެޖިންސުގެ އެންމެހާ ޒުވާނުންނަށް ޢާއްމުކޮށް މި ފުރުޞަތު ހުޅުވާލަމެވެ.  މި ފުރުޞަތަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިނަދޫ ކައުންސިލްގެ އިދާރާއަށެވެ. ފޯމު ތިނަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. 

24 މާރިޗު 2019