ޢާންމު މަޢުލޫމާތު
ނަންބަރު: (ILU)BAH-AHR/BAH/2019/3
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 21:56
ސުންގަޑި: 04 މާރިޗު 2019 13:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގެ ލެބޯޓަރީއަށް ބައެއް އިތުރުކުރުން

ބ.ދަރަވަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓްރީއަށް ބައެއް އިތުރުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 އެޕްރީލު 2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ބ.ދަރަވަންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އެޕްރީލު 2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ބ.ދަރަވަންދޫ ޞިއްޙީމަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ

25 މާރިޗު 2019