ދިވެހިރާއްޖެ
ނަންބަރު: A)CA-2019/154)
އިޢުލާން
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން:
2019 އެޕްރީލު 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ތިރީގައި މިދަންނަވާ ވޯޓުފޮށިތައް (އަތޮޅުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ، ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް) ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު އައިސްފައިވާތީ، މި ވޯޓުފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށިތަކުގެ ކޯޑާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށް އަދި މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ކޯޑު |
ވޯޓުފޮށީގެ ނަންބަރު |
ތ. ކިނބިދޫ ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ ކިނބިދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ތ. ކިނބިދޫ-1 |
N03.12.1 |
274 |
ހއ.ތަކަންދޫ ޝަހީދު ޢަލީ ތަކުރުފާނު ސްކޫލް ހޯލު |
މި ފޮށްޓަށް ވޯޓުލާނީ ތަކަންދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ހއ. ތަކަންދޫ-1 |
A03.11.1 |
018 |
މ. މުލައް މުލަކު ސްކޫލް |
މި ފޮށްޓަށް ވޯޓުލާނީ މުލަކު ހޭލަމޭލަހިނގުމުން ސޯސަންމަގަށް ގޮސް، ސޯސަންމަގުން ދެކުނަށް ހުސޭނީ މަގަށް ގޮސް، ހުސޭނީމަގުން ހުޅަނގަށް އަސަރީހިނގުމަށް ގޮސް، އަސަރީހިނގުމުން ދެކުނަށް ގޮސް ދަނޑުވަށާ ހިނގުމާ ހަމައަށްވާ ސަރަޙައްދުގެ އިރުދެކުނުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
މ. މުލައް-2 |
K02.03.2 |
239 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
18 ރަޖަބް 1440