މަސައްކަތް
ނަންބަރު: (IUL)321-A/321/2019/44
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 31 މާރިޗު 2019 00:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ބަދަރުމަތީގައި ހަދާފައިހުރި ޢިމާރާތެއް ފެރީޓާމިނަލެއްގެ ގޮތުގައި ތަރައްޤީކުރުމާއި ބެހޭ

ޞިއްޙީމަރުކަޒާ ދިމާ އުތުރުން ބަނދަރުމަތީ ހަދާފައިހުރި ވަށްބުރު ހަޓް،ފެރީޓަރމިނަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާފަރާތްތަކުން ތިރީގައި މިދަންނަވާގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

31  މާރިޗު 2019

11:00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުން

08 އޭޕްރީލް 2019

11:00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވަށްބުރުހަޓް ފެރިޓަރމިނަލްގެ ގޮތުގައި ތަރައްޤީކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތަކާއި ކަނޑައެޅިފައިވާގަނޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ،އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރެޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއަންދާސީ ހިސާބާއެކު ހުށަހަޅާންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17   ރަޖަބު    1440

24   މާރިޗު   2019

24 މާރިޗު 2019