ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/23/MNMC/23/2019/87
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 25 ޖޫން 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމާއި ލައިސަންސް އައުކުރުމާއި ބެހޭ

އިއުލާން

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމާއި ލައިސަންސް އައުކުރުމާއި ބެހޭ

 

ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރައްވާ ފަރާތްތަކުން، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ދަފުތަރުގައި ރަޖިސްޓްރީ ނުކޮށް، ދައުލަތުގެ މުއްސަސާތަކާއި އަމިއްލަފަރުދުންގެ ވިޔަފާރިތަކުގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި މީސްމީހުން ލައްވައި މަސައްކަތްކުރުވަމުން ގެންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

ޤާނޫނު ނަންބަރ 2015/13 ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާގޮތުން، ދިވެހިރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ، މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން މިކައުންސިލްގައި ރަޖިސްޓްރީކޮށް، މިކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، އެލައިސަންސްގައިވާ ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ހަމައެފަދައިން ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުންވެސް ލައިސަންސް އައުނުކޮށް މަސައްކަތްކުރުމަކީ ޤާނޫނު ނަންބަރ 2015/13 ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 93 މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށެއްކަމުގައިދަންނަވަމެވެ.

ވީމާ، މިކައުންސިލުގައި ރަޖިސްޓްރީ ނުކޮށްއަދި ލައިސަންސް އައުނުކޮށް ނަރުހެއްގެ ނަމުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ޤާނޫނީގޮތުން މަނާކަމެއްކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

25 މާރިޗު 2019