މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2019/30
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި:
02 އެޕްރީލް 2019 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަމުންދާ ބައު ޖަމާލުއްދީން ޢިމާރާތުގެ ސެކިއުރިޓީ 02 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަމުންދާ ބައު ޖަމާލުއްދީން ޢިމާރާތުގެ ސެކިއުރިޓީ 02 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)471-CDS3/1/2019/15 (20 ފެބުރުވަރީ 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 25 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 12:00 އިން ފެށިގެން 01 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 މާރިޗު 2019 ވާ ބުދަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 02 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު 3,600 (ތިންހާސް ހަސަތޭކަ) ދިވެހި ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
- މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 01 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
24 މާރިޗު 2019