ދިވެހިރާއްޖެ
އިޢުލާން
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް ބާއްވާ ޚާއްޞަ ޢާންމު ޖަލްސާ، 29 މާރިޗު 2019 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ސޯޝަލް ސެންޓަރުގެ ފިޒިކަލް ފިޓްނަސް ރޫމްގައި އޮންނާނެއެވެ.
ވީމާ، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ ތިރީގައިވާ މަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޝަރުޠުހަމަވާ މެންބަރުން، 27 މާރިޗު 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ކައުންޓަރަށް، "ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް" ހުށަހެޅުއްވުން އެދެމެވެ.
- ރައީސް
- ނައިބު ރައީސް
- ޚަޒާންދާރު
- އިތުރު 6 (ހައެއް) މެމްބަރުން
އަދި، "ކްލަބްގެ ފަރާތުން ވޯޓު ދިނުމަށް ބައިވެރިވާ ފަރާތުގެ މައުލޫމާތު ފޯމް"، 27 މާރިޗު 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ކައުންޓަރަށް ހުށައެޅުއްވުމަށްވެސް ދަންނަވަމެވެ. މި ޖަލްސާގައި ވޯޓްދިނުމަށް ބައިވެރިވެވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ 1 ކުލަބު ކަމުގައިވެސް ދަންނަވަމެވެ. އިންތިޚާބާބެހޭ ޝަކުވާ ހުށައެޅުއްވުމުގެ ފުރުޞަތު، 28 މާރިޗު 2019 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުން އޮންނާނީ، 28 މާރިޗު 2019 ވަނަ ދުވަހުގެ 14:30 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައެވެ. ވޯޓްލުމަށް ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.
17 ރަޖަބް 1440