|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
|
މަޤާމު
|
އެކައުންޓްސް އޮފިސަރ
|
|
މަގާމުގެ ނަންބަރު:
|
J 293230
|
|
ބޭނުންވާ އަދަދު:
|
1
|
|
މަގާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
އެމް. އެސް 2
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
|
ސެކްޝަން:
|
ޕްރޮކިއުމަންޓް
|
|
މަގާމު އޮތް އޮފީސް
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
|
|
މުސާރަ:
|
-/6,295 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
2,203/25 ރުފިޔާ
|
|
ޓެކްނިކަލް ކޯ އެލަވަންސް
|
1762/60 ރުފިޔާ
|
|
މަގާމުގެ ޝަރުތު
|
- އެކައުންޓިންގ ނުވަތަ ފައިނޭންސް މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
|
މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- އޮފީހުގެ ހަރުމުދަލަށް ބަދަލު ގެނެވިފައިވާނަމަ ނުވަތަ އަލަށް ހަރު މުދަލެއް ގަނެފައިވާނަމަ ވަގުތުން ލިސްޓް އަޕްޑޭޓް ކުރުން، ހަރު މުދަލުގެ އިންވެންޓްރީ ލިސްޓް ކޮންމެ 3 މަހުން އެއް މަހު ރިވިއުކޮށް ޔުނިޓް ހެޑަށް ރިޕޯޓްކުރުން.
- ހަރު މުދާ ބަދަލުކުރުމަށް އެދި ފޮނުވާ ރިކުއެސްޓްތައް ލަސްވެގެން 1 ހަފްތާތެރޭ ޗެކްކުރުން.
- މިނިސްޓްރީން ޚިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ ބިލުތަކަށް ފައިސާ ދެއްކުމުގެ ކަންތައްތައް ކުރުވުން.
- ސިންގަލް ސޯސްގެ އުސޫލުން ކުރިއަށް ގެންދާ ބީލަމުގެ މަޝްރޫޢުތަކަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހުއްދަހޯދުމުގެ އެންމެހާ މަސައްކަތްތައް އެހީތެރިވެދިނުން.
- މިނިސްޓްރީގެ ފަރާތުން ހިންގާ އެކިއެކި މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެގްރީމެންޓްތައް ތައްޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- މިނިސްޓްރީގެ ބޭނުމަށް ހޯދޭ އެސެޓް ތަކަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެސެޓް ނަންބަރ ކްރިއޭޓްކުރުން.
- މިނިސްޓްރީއަށް ގަންނަންޖެހޭ ތަކެތި ގަތުމަށާއި ހޯދަންޖެހޭ ހިދުމަތްތަކުގެ އަގުބެލުމާއި އަގުބެލި ފޯމް ހެދުމާއި ހޯދަންޖެހޭ ހުއްދަ ހޯދުން.
- އޭޖެންސީ ޓެންޑަރ ކޮމެޓީއަށް އަންނަ ލިޔުންތައް ބަލައިގަނެ އެމައްސަލަ ކޮމިޓީއަށް ވެއްދުމަށް ހަމަޖެހިފައިވާ ދުވަހަށް ( ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަސް) ކޮމިޓީއަށް ވެއްދުމުގެ އިންތިޒާމް ހަމަޖެއްސުން.
- އެޖެންސީ ޓެންޑަރ ކޮމިޓީގެ މެންބަރުން މައްސަލަ ނިންމުން ، ޑިސިޝަން ނޯޓް ތައްޔާރުކޮށް ކޮމިޓީ މެންބަރުންގެ ސޮއި ހޯދުމަށްފަހު އެންމެލަސްވެގެން ޖެހިގެން އަންނަދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން އެ ޔުނިޓް/ސެކްޝަން/ޑިޕާރޓްމަންޓް އާއި ޑިސިޝަން ނޯޓް ހަވާލު ކުރުން.
- ބިޑު ކޮމިޓީގެ ޔައުމިއްޔާ މީޓިންގ ބޭއްވޭތާ 2 ދުވަސްތެރޭ ލިޔެ ފަސްކުރުމަށްޓަކައި މީޓީންގައި ބައިވެރިވި ފަރާތްތަކަށް ފޮނުވައި ކޮމެންޓް ހޯދައި ޔައުމިއްޔާ ފާސް ވުމުން ޗެއަރޕާރސަންއާއި އެހެނިހެން މެމްބަރުން ލައްވާ ސޮއިކުރުވުމާއި، ކަމާބެހޭ ފަރާތްތަކަށް ފާސްކުރެވިފައިވާ ޔައުމިއަޔާ ދުވަހުން ދުވަހަށް ފޮނުވުމާއި ފައިލްކޮށް ބެލެހެއްޓުން.
- ޔުނިޓުގެ މުވައްޒަފު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުއްދަތުގައި އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކިގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ފައިނޭންސް އެންޑް އެކައުންޓިންގ މަސައްކަތާގުޅޭ ދާއިރާގައި ތަޖުރިބާ ލިބިފައިވުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 07 އޭޕްރިލް 2019 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 08 އޭޕްރީލް 2019 އާއި 30 އޭޕްރިލް 2019 އާ ދެމެދު މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018330، 3018327 އަށް ގުޅުއްވުން އެދެމެވެ.
|
|
17 ރަޖަބު 1440
24 މާރިޗު 2019
|