ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-FN/301/2019/11
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 01 އޭޕްރިލް 2019 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫސާދީ ރުއްގަނޑު އަދި ބަނދަރު ރުއްގަނޑު ކުއްޔައް ދޫކުރުން

އަނގޮޅިތީމު މޫސާދީ ރުއްގަނޑާއި، ބަނދަރު ރުއްގަނޑު ކުއްޔަށް ދޫކުރުން

 

މި ރަށު  ރައްޔިތުންގެ "މޫސާދީ ރުއްގަނޑު" އަދި  ރައްޔިތުންގެ " ބަނދަރު ރުއްގަނޑު" ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ. މި ރުއްގަނޑުތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މި ކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި ރުއްތަކާއި ބެހޭގޮތުން މަޢްލޫމާތު ސާފު ކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢްލާންގައިވާ އަގު ހުށަހަޅާ މުއްދަތު ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ރަސްމީ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢްލޫމާތު ސާފު ކުރުމަށްފަހު ތިރީގައިވާ ތާރީޚްގައި އެވާ ގަޑިއަށް މި އިދާރާއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަގު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އައިޑީކާޑު ގެންނަންވާނެއެވެ. މީގެ ތެރެއިން އަގު ހުށަހަޅާނީ ތިރީގައިވާ ތާވަލްގައިވާ ގޮތަށް ކޮންމެ އައިޓަމް ނަންބަރަކަށް ވަކި އަގެއްގެ ގޮތުގައި ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި ހުށަހަޅާ ރުއްގަނޑު ނަން އޮންނަން ވާނެއެވެ. އަދި އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.

ހުށަހަޅަން ޖެހޭ ތާރީޚް / ގަޑި

ނަން

އައިޓަމް#

01 އެޕްރީލް 2019 / 13:00

މޫސާދީ ރުއްގަނޑު

1

01 އެޕްރީލް 2019 / 13:30

ބަނދަރު ރުއްގަނޑު

2

24 މާރިޗު 2019