ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)147-AIT/1/2019/05
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 31 މާރިޗު 2019 12:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ކޯޓުއޮފިސަރގެ ވަޒީފާ

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL) 147-AIT/1/2019/05 )

ތާރީޚް: 21 މާރިޗު 2019 

މަޤާމް:

ކޯޓު އޮފިސަރ ( ޖީ.އެސް 3 )

ބޭނުންވާ ޢަދަދު:

01

މުސާރަ:

  މަހަކު -/4465 ރުފިޔާ

ސާރވިސް އެލަވަންސް:

  މަހަކު -/1500 ރުފިޔާ

މަސައްކަތްކުރަންޖެހޭތަން:

   ޖުވެނައިލް ކޯޓު / މާލެ 

ސެކްޝަން:

ޝަރީޢަތްކުރާ ސެކްޝަން (Jv-B4)

މަޤާމުގެ އަސާސީ ޝަރުތު:

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛

1.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން       ނުވަތަ؛

2.  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުންދިޔުމާ އެކު، 2 GS ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  • ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި ކޮމްޕިއުޓަރުން ޓައިޕްކުރުމަށްފަރިތަ ފަރާތަކަށްވުން.
  • ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތުރަނގަޅު ފަރާތަކަށްވުން.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:

ޝަރީޢަތްތައް ކުރިއަށްދާއިރު، ޝަރީޢަތުގެ މަޖިލީހުގެ ކަންތައްތައް ބެލެހެއްޓުމާއި ޝަރީޢަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  މި މަޤާމަށް ހޮވޭފަރާތްތަކަށް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40 ލިބޭނެ.
  • ލިވިން އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ ލިބޭނެ.
  • ނައިޓް ކޯޓުގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން ނައިޓްކޯޓު އެލަވަންސް ލިބޭނެ.
  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން  އިތުރުގަޑީގެ ފައިސާ  ލިބޭނެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހެޅުމަށް އެފޯމުގައިބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (ޖުވެނައިލް ކޯޓު، މ. މާތިލައަށް) ފޯމު ހުށަހެޅުން އެދެމެވެ.

ސުންގަޑި:

2019 މާރިޗު 31 ވަނަ ދުވަހުގެ 12:00

އިތުރު މަޢުލޫމާތު:

-   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

-   ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

-   ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެ ރިސެޕްޝަނުންނާއި  ވެބްސައިޓު http://www.juvenilecourt.gov.mv އިން ލިބެންހުންނާނެ.

24 މާރިޗު 2019